Support Us

ހަމަޖެހުން ދެމެހެއްޓުމަށް ޤައުމީ ސަލާމަތު ވަރުގަދަކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނަން: ޝީ

ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ޗައިނާއިން އެ ޤައުމުގެ ޤައުމީ ސަލާމަތު ވަރުގަދަކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ވިދާޅުވެއްޖެއެވެ. ޗައިނާގެ ބަރްލަމާނުގެ ޚިތާމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޝީ ވިދާޅުވިގޮތުގައި ޗައިނާގެ މަޞްލަޙަތުތަކާއި އަމްނު ޙިމާޔަތްކުރުމަށް  ޓަކައި އެކަތައިގެ ފާރަކަށް ވެގެންދާނެ ވަރުގަދަ ލަޝްކަރެއް ބިނާކުރާނެއެވެ. 

ތައިވާނުގެ ފައިލާ ބޭރުން ބެހެމުންދާތީ ރައީސް ޝީ އެކަން ކުށްވެރިކުރައްވާ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ތައިވާން ޖަޒީރާ ޗައިނާއިން ވަކިކޮށް މިނިވަން ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތްތަކަކީ ޗައިނާގެ ސިޔާދަތާ ބެހުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހޮންކޮންގަށާއި މަކާވޮއަށް ހަމަޖެހުން ގެނައުމަށް ޓަކައި ޗައިނާއިން ފިޔަވަޅުތައް އަޅާނެއެވެ. މި މަސްއަލައިގެ ތެރެއަށް ބޭރުން ނުބެހުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

ޗައިނާގެ ރައީސް އިތުރަށް ވިދާޅުވިއެވެ. "އަހުރެމެން މަސައްކަތް ކުރަންވާނީ އަމިއްލަ ނަފްސުގެ މައްޗަށް ބަރޯސާވެގެންނެވެ." އޭނާ ވަޢުދުވެވަޑައިގެންނެވި ގޮތުގައި ޗައިނާއިން އެ ޤައުމުގެ އިޤްތިޞާދީ ބާރު ވަރުގަދަކުރުމަށާއި ޗައިނާގެ ޞިނާޢާތު ޒަމާނީ ކުރުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *