Support Us

ޒިލެންސްކީ: ރަޝިޔާގެ ނަން މޮސްކޯވިޔާ އަށް ބަދަލުކުރަން ޖެހޭ

ރަޝިޔާގެ ނަން "މޮސްކޯވިޔާ" އަށް ބަދަލުކުރުމާ ބެހޭގޮތުން ދިރާސާކުރުމަށް ޔުކްރޭނުގެ ރައީސް ޒިލެންސްކީ އިރްޝާދު ދެއްވުމުން ރޫސީ ޚާރިޖިއްޔާއިން އެކަން ކުށްވެރިކޮށްފިއެވެ. އެއީ ރަޝިޔާއާ ދެކޮޅުވެރި ތަނަކަށް ޔުކްރޭން ހެދުމަށް ޒިލެންސްކީ ކުރައްވާ މަސައްކަތެއް ކަމަށް ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ އޭނާގެ ޓެލެގްރާމުގައި ލިޔުއްވާފައިވާ ކަމަށް ރަޝިޔާގެ ނޮވުސްޓީ ނޫސް އޭޖެންސީ ބުންޏެވެ.

ޒަޚަރޯވާ އޭނާގެ ޓެލެގްރާމުގައި ލިޔުއްވާފައިވެއެވެ. "ބިންގަރާސްތެރޭގައި ފިލައި އޮތް މީހާ- އޭނާ އިޝާރަތް މި ކުރައްވަނީ ރައީސް ޒިލެންސްކީއަށެވެ.– ގެ ޢުދްވާނީ ޢަމަލުތައް ކޮންމެ ދުވަހަކު މި ދަނީ ފެންނަމުންނެވެ. ޒަޚަރޯވާ ވިދާޅުވި ގޮތުގައި ޒިލެންސްކީ ބޭނުންފުޅު ވަނީ ރަޝިޔާއާ އިދިކޮޅު ތަނަކަށް ޔުކްރޭން ހައްދަވާށެވެ."

މި ކަމާބެހޭގޮތުން ޒިލެންސްކީ ދިރާސާ ކުރަން އަމުރުކުރެއްވީ ޔުކްރޭނުގެ 25 ހާސް މީހަކު އެކަމަށް އެދި ސޮއިކޮށް ސަރުކާރަށް އަދުރެއް (ޕެޓިޝަން) ހުށައެޅުމުންނެވެ. މި އަދުރު ހުށައެޅުމުން ޒިލެންސްކީ އޭނާގެ ބޮޑުވަޒީރު ޑެނިސް ޝްމެގާލަށް މި ގޮތަށް ނަން ބަދަލުކުރުމުގެ މަސްއަލަ ދިރާސާ ކުރެއްވުމަށް އެންގެވިއެވެ.
2022ގެ ނޮވެންބަރުގައި ރައީސް ޒިލެންސްކީއަށް ހުށައެޅި އަދުރުގައި ބުނެފައިވަނީ ((ރަޝިޔާ އިއްތިޙާދު))ގެ ނަން ((މޮސްކޯވިޔާ އިއްތިޙާދު)) އަށް ބަދަލުކުރުމަށާއި ރަޝިޔާ މީހުންނަށް ރޫސީން ކިޔުމުގެ މޮސްކޮވީން ކިޔުމަށެވެ.
ރޫސީ ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި އެ ޤައުމުން ހަނގުރާމަ ކުރަމުން މި ދަނީ އައު ނާޒީންނާއެވެ. ޔުކްރޭނުގައި ރަޝިޔާއާ އިދިކޮޅު ޤައުމެއް ޤާއިމުކުރިޔަ ނުދެއްވުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *