...

Support Us

ޝީ: 3 ވަނަ ދައުރަކަށް ޗައިނާގެ ރައީސްކަމަށް

ޗައިނާގެ ރައީސްކަމަށް ޝީ ޖިން ޕިންގ މިއަދު ތިން ވަނަ ދައުރަކަށް އިންތިޚާބުކޮށްފިއެވެ.

އުމުރުން 69 އަހަރުގެ ޝީ މި މަޤާމަށް އިންތިޚާބުކުރީ ޗައިނާގެ ބަރްލަމާނުގެ އިޖްމާޢުންނެވެ. އޭނާއަށް 2،952 ވޯޓު ލިބިވަޑައިގަތެވެ. އިދިކޮޅު ވޯޓެއް ނެތެވެ. ވޯޓު ނުދެއްވާ މެންބަރަކު ވެސް ނެތެވެ.

މި ހުސްވި އޮކްޓޯބަރު މަހު ޗައިނާގެ ކޮމްޔުނިސްޓް ޕާޓީން ޝީ ވަނީ ޕާޓީގެ ޒަޢީމުކަމަށް އިންތިޚާބުކޮށްފައެވެ. އަދި ޕާޓީގެ ޢަސްކަރީ ކޮމެޓީގެ ވެރިކަމަށް ވެސް ޝީ އިސްކުރެވުނެވެ. ޗައިނާގެ އިދާރިއްޔަތުގެ ބާރުގެ ހަރުފަތުގައި އެންމެ  ބާރުގަދަ އެންމެ މުހިއްމު ދެ މަޤާމަކީ ޕާޓީގެ ޒަޢީމުކަމާއި ޢަސްކަރީ ކޮމެޓީގެ ރައީސްކަމެވެ.

އެ ދެ މަޤާމަށް ޝީ އިސްކުރެވުމާ ވިދިގެން ނޫސްވެރީންނަށް ވިދާޅުވިއެވެ. "ވަރަށް ހިތްވަރާއެކު ގަދައަޅައި މަސައްކަތްކުރާނަމެވެ." ރައްޔިތުންގެ ގަނޑުވަރުގައި ޝީ ނޫސްވެރީންނާ ބައްދަލުކުރެއްވިއިރު ވެރިކަން ކުރާ ޕާޓީން އޭނާއަށް އިތުބާރުކުރި ކުރުމަށް ވަރަށް ބޮޑަށް ޝުކްރު އަދާކުރެއްވިއެވެ.

ޝީ ވިދާޅުވިއެވެ. "ދުނިޔެއާ ނުލައި ޗައިނާއަށް ތަރައްޤީއެއް ނުވެވޭނެއެވެ. އެހެނަސް  ދުނިޔެ ވެސް ޗައިނާއަށް ބޭނުންވެއެވެ." ޝީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. އިޞްލާހަށާއި ހުޅުވައިލުމަށް ޓަކައި 40 އަހަރު ކުރެވުނު ގަދަ އަދި ބުރަ މަސައްކަތުގެ ސަބަބުން ދެ މުޢުޖިޒާތެއް ޙާޞިލުކުރެވުނެވެ. އެއީ އިޤްތިޞާދީ ހަލި ތަރައްޤީއާއި ދުރު ރާސްތާ އިޖްތިމާޢީ ހަމަޖެހުމެވެ.

ޗައިނާގެ ރަސްމީ ދުވަހު ނޫސް "ރައްޔިތުން" ސިފަކުރިގޮތުގައި ޝީ އަކީ ވަރުބަލިފުޅުކަމެއް ނުދައްކަވާ މަސައްކަތް ކުރައްވާ ޒަޢީމެކެވެ. ޝީ ވަޠަނަށް ޓަކައި ވަޑައިގަންނަވަމުންދާ ޤުރްބާނީތަކަށް މި ނޫސް ތާރީފުކޮށްފައިވެއެވެ. މި ނޫސް ބުންޏެވެ. "ޢާންމުން ދެކޭގޮތުގައި ޝީއަކީ އެމީހުން ދެކެ ލޯބިވާ ގާތް މީހެކެވެ."

ޝީއަށް އެންމެ ފުރަތަމަ މަރްޙަބާ ދެންނެވި ބޭރުގެ ޒަޢީމަކީ ރޫސީ ރައީސް ޕޫޓިންކަން ފާހަގަކުރެވެއެވެ. ޕޫޓިން ވިދާޅުވިގޮތުގައި އެ ދެ ޒަޢީމުން އެއްބާރުލައްވައިގެން ދުނޔޭގެ މުހިއްމު ސަރަޙައްދީ މަސްއަލަތަކާއި ބައިނަލްއަޤްވާމީ މަސްއަލަތައް ޙައްލުކުރެވޭނެކަމުގެ އިތުބާރު އެބަ އޮތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *