...

Support Us

އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލުން ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދީފި

ރަޝިޔާއިން އިއްޔެ ޔުކްރޭނަށް ދިން ވައިގެ ޙަމަލާތަކުގައި އަޑަށްވުރެ މާ ބާރަށް ދަތުރުކުރާ މިސައިލް ކިންޖާލް (Kinzhal) ބޭނުންކޮށްފައިވާކަން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި ޔުކްރޭނުގެ އިރުމަތިން ހުޅަނގަށް އަދި އުތުރުން ދެކުނަށް ދިން ވައިގެ ޙަމަލާތަކުގައި 80 މިސައިލް ބޭނުންކުރިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނިގޮތުގައި މި ޙަމަލާތަކަކީ ޔުކްރޭންގެ ހަނގުރާމަވެރީންތަކެއް މި ދިޔަ ހަފުތާގައި ރަޝިޔާގެ ސަރަޙައްދީ ރަށެއްކަމުގައިވާ ބްރިއަންސްކަށް ވަދެ ދިން "ފިނޑި" ޙަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ދިން ފުޅައު ޙަމަލާތަކެކެވެ. ޔުކްރޭނުގެ ބަޔަކު އެ ރަށަށް ވަގަށް ވަދެ ދިން ޙަމަލާގައި ދެ މީހަކު މަރުވެފައިވެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނިގޮތުގައި ރަޝިޔާއިން މި ދިން ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ ޑްރޯން މަރްކަޒެއް ފުނޑުފުނޑުކޮށް ހަލާކުކޮށްލުމުގެ އިތުރަށް ޔުކްރޭނަށް ހަތިޔާރު ވެއްދުމަށް ކުރި މަސައްކަތްތަކަށް ހުރަސްއަޅައި އެ ހަތިޔާރުތައް ހަލާކުކޮށް ނައްތައިލިއެވެ.

އަނެއްކޮޅުން ކިޔީވުން ވަނީ ރަޝިޔާއިން ބާރުގަދަ ޙަމަލާތަކެއް ދިންކަން ކަށަވަރުކޮށްދީފައެވެ. ޔުކްރޭނުގެ ވައިގެ ބާރުތަކުގެ ތަރްޖަމާނު ޔޫރީ އިގްނެޓް ވިދާޅުވިގޮތުގައި ރަޝިޔާއިން ޔުކްރޭނުގެ އެކި ހިސާބުތަކަށް ދިން ޙަމަލާތަކުގައި ތަފާތު ބާވަތްތަކުގެ މިސައިލް ބޭނުންކޮށްފައި ވެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއިން ކިންޖާލް ހަ މިސައިލް ޔުކްރޭނުގެ ރަށްރަށަށް ފޮނުވައިލައިފައިވެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މިދިޔަ އަހަރުގެ ފެބްރުވަރީ 24 ގައި ރަޝިޔާއިން ހަނގުރާމަ ފެށިފަހުން ދިން އެންމެ ވަރުގަދަ ވައިގެ ޙަމަލާއެވެ.

ކިންޖާލް މިސައިލަކީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ބޮލިސްޓިކް މިސައިލެކެވެ. މި މިސައިލް ވަރަށް މައްޗަށް އަރައިފައި ތިރިއަށް އަންނާނީ ސީދާ އަމާޒަށެވެ. މި އަންނަ މަގުމަތީގައި ހެވިކަން ދައްކަމުން ދުޝްމަނުންގެ ޙަމަލާތަކުން ރެކެމުންދާނެއެވެ. ރަޝިޔާ ބުނާގޮތުގައި މި މިސައިލަށް ހުރަސްއަޅާނެ ބާރެއް ޔުކްރޭނު އަތުގައެއް ނުހުންނާނެއެވެ.

ބުރަ ރެއެއް

ރޫސީ ޙަމަލާތަކަށް ކޮމެންޓް ކުރައްވަމުން ރައީސް ޒިލެންސްކީ ވިދާޅުވިގޮތުގައި ބުރާސްފަތިވިލޭރެއަކީ ވަރަށް ބުރަ ރެއެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން 81 މިސައިލް ފޮނުވައިލިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ "އަހުރެމެން ބިރުގަންނަވަން ކުރި ކަމެކެވެ." ޒިލެންސްކީ ހާމަކުރެއްވި ގޮތުގައި މި ޙަމަލާތަކުގެ އަމާޒަކީ ބިނާރުތަކާއި 10 ސަރަޙައްދެއްގެ ހިޔާ ޢިމާރާތްތަކެވެ.މި ޙަމަލާތަކުގެ ސަބަބުން ކިޔީވް ފަދަ މުހިއްމު ސަހަރުތަކުން ކަރަންޓް ކަނޑައިގެން ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *