...

Support Us

ރޫސީ ސިފައިންގެ އަތްދަށަށް ބަޚްމޫތު ހިނގައިދާނެ

ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ރޫސީ ސިފައިންގެ އަތްދަށަށް ބަޚްމޫތު ހިނގައިދާނެ ކަމަށް ނޭޓޯއިން މިއަދު ބުނެފިއެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ރޫސީ ސިފައިން މިއަދު ހެދުނު ޔުކްރޭނުގެ އޮޑީސާއަށާއި ޚާރްކީވަށް މިސައިލް ޙަމަލާތަކެއްދިނެވެ. މި ކަމުގެ ސަބަބުން މި ދެ ސަހަރުން މިހާރު ވަނީ ކަރަންޓު ކަނޑައިގެންގޮސްފައެވެ.

އޮޑީސާގެ އިދާރިއްޔަތުން ބުނާގޮތުގައި ރޫސީ މިސައލްތަކުގެ އަމާޒަކަށް ވެފައިވަނީ އެ ސަހަރުގެ ހަކަތަ ޖެނެރޭޓަރުތަކެވެ. ޚާރްކީވްގެ އިދާރިއްޔަތުން ހާމަކުރި ގޮތުގައި ރޫސީ މިސައިލްތަކުގެ ތެރެއިން 15 މިސައިލެއްގެ އަމާޒަކަށް ވެފައިވަނީ އެ ސަހަރުގެ ބިނާރުތަކެވެ.

ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ޔޫރަޕްގެ އިއްތިޙާދުގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމުގައި ސްޓޮކްހޮލްމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ރަޝިޔާއިން ޔުކްރޭން ހަނގުރާމައިގައި ހޯދަމުންދާ ކާމިޔާބީއަކީ އެކަމުގެ އަގު ވައްޓައިލައިގެންވާނެ ކަމެއް ނޫނެވެ.

ރައީސް ޒިލެންސްކީ ދަނީ ބަޚްމޫތު ވެއްޓިގެން ދާނެކަމުގެ އިންޒާރު ދެއްވަމުންނެވެ. އޭނާ އިންޒާރު ކުރައްވާ ގޮތުގައި ބަޚްމޫތު ހިފައިފިނަމަ ޑޮނެޓްސްކްގެ މުހިއްމު ބޮޑެތި އެތައް ސަހަރުތަކެއް ވަރަށް ފަސޭހައިން ހިފާނެއެވެ.

ޒިލެންސްކީ ވިދާޅުވިގޮތުގައި ބަޚްމޫތު ފުޑުފުޑުކޮށް ހަލާކުކޮށްލައިގެން ވިޔަސް ރަޝިޔާއަށް ކާމިޔާބެއް ބޭނުންވެފައެވެ. ޒިލެންސްކީ އަމުރުކުރައްވައިގެން ޔުކްރޭން ސިފައިން މިހާރު ވަނީ ބަޚްމޫތުން ނުފައިބަން ނިންމައިފައެވެ.

ހަނގުރާމައިގެ ކުރިން މި ސަހަރުގައި 70 ހާސް މީހުން އުޅުނެވެ. އެހެނަސް މިހާރު މިސަހަރުގައި ތިބީ ހަތަރު ހާސް މީހުންނެވެ.

ރަޝިޔާ ސިފައިންނާއެކު ހަނގުރާމަ ކުރާ ވެގްނަރ ހަނގުރާމަވެރީން ބުނާގޮތުގައި ބަޚްމޫތުގެ އިރުމަތީ ފަޅި މިހާރު އޮތީ އެ ހަނގުރާމަވެރީންގެ ފުރިހަމަ ބާރުގެ ދަށުގައެވެ. މި ޖަމާޢަތުން ބުނިގޮތުގައި ޒަމާނީ ހަތިޔާރާއި ފަންނިއްޔަތުން ބާރުލިބިފައިވާ ރަޝިޔާގެ ލަޝްކަރުތައް އަދި ދުނިޔެއަކަށް ނުފެނެއެވެ.

މެކާރތީ ދެކޮޅު ހައްދަވާ

އަނެއްކޮޅުން ބަލާއިރު އެމެރިކާގެ ހައުސްގެ ރައީސް މެކާރތީ ޔުކްރޭނަށް ޒިޔާރަތް ކުރައްވަން ދެކޮޅު ހައްދަވާކަމަށް ވިދާޅުވެއްޖެއެވެ. ސީއެންއެން ބުނާގޮތުގައި ރައީސް ޒިލެންސްކީ ވަނީ އޭނާއަށް ކިޔީވަށް ޒިޔާރަތްކުރެއްވުމަށް ދަޢުވަތު އަރުއްވައިފައެވެ. މެކާރތީ ވިދާޅުވާ ގޮތުގައި ޔުކްރޭނަށް ވަޑައިނުގެންނެވިޔަސް ޔުކްރޭނުގައި ހިނގާ ކަންތައްތައް އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެމެރިކާއިން ޔުކްރޭނަށް ދެމުންދާ އެހީތަކާމެދު ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ދެކޮޅުހައްދަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *