ނޭޝަނަލް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑަށް ނުފެތޭ 33 ތަނެއް މިއަދުވެސް ބަންދުކޮށްފި އެވެ.
ކޮވިޑް19 ބާރު ސްޕީޑުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް، އާމުންނަަށް ހިދުމަތްދޭ ތަންތަން އިނިސްޕެކްޓް ކުރުމަށް އެޗްޕީއޭ އިން ފަށައިފައިވާ މަސައްކަތުގެ ދަަށުން އިއްޔެ 22 ތަނެއް ބަންދުކުރި އެވެ. އަދި މިއަދު 174 ތަނެއް ބަލައި ފާސްކުރިއިރު، އެޗްޕީއޭގެ މިންގަނޑުތަކަށް ނުފެތިގެން ބަންދުކުރި 33 ތަނުގެ ތެރޭގައި 17 ފިހާރައަކާއި 10 ކެފޭ/ރެސްޓޯރެންޓަކާއި ފަސް ބޯކޮށާ ތަނަކާއި މާރުކޭޓެއް ހިމެނޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.
ކޮވިޑް19 ފެތުރެމުންދާ މިންވަރުު އިތުރުވަމުންދާ ނަމަ، ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް، ފިހާރަތަކާއި ކެފޭތައް ބަންދުކުރަން ޖެހިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދެވަނަ ލޮކްޑައުން އަކަށް ނުގޮސް، މިހާރު ދީފައިވާ ލުއިތަކާ އެކު ކުރިއަށް ދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް19 އަށް މިއަދުވެސް 129 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 129 މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި 23 ބަންގްލަދޭޭޝް މީހުންނާއި އަށް އިންޑިއާ މީހުންނާއި ހަަތަރު ސްރީލަންކާ މީހުންގެ އިތުރުން އިންޑޮނޭޝިއާގެ މީހެއް ކަމަށެވެ.
ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4293 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1490 އެބައުޅެ އެވެ.
މިބަލި ޖެހިގެން މިހާތަނަށް 2670 މީހުން ރަނގަޅު ވެފައިވާއިރު 92 މީހަކަށް ހޮސްޕިޓަަލްތަކުގައި ގެންދަަނީ ފަރުވާދެމުންނެވެ. އަދި މިހާތަނަށް 18 މީހުން ވަނީ މަރުވެފަ އެވެ.



advertisment