...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ބުނެދޭ ވާހަކައަކާއި އަދަދުތަކެއް

ބުނެވޭ ގޮތުގައި، އަރަބި ދުނިޔޭގައި ކުރެވޭ އެންމެ އުނދަގޫ އޮޕަރޭޝަނަކީ ވެރިކަމުގެ ގޮޑީނގައި ވެރިންގެ ފޫކޮޅު ހަރުލާ ބަލިން، އެ މީހުންގެ ފޫކޮޅު ވަކިކޮށް، އެ މީހުން ސަލާމަތް ކުރުމަށްޓަކައި ކުރެވޭ އޮޕަރޭޝަނެވެ.

މި ބައްޔަކީ ހަމައެކަނި މުސްތަބިއްދު ސަރުކާރުގެ ވެރިންނަށް ޖެހޭ ބައްޔެއް ނޫނެވެ. ގިނަ ޕާޓީތައް އޮންނަ، ބައެއް ގައުމުތަކުގެ ވެރިންނަށް ވެސް މި ބަލިޖެހޭ ކަމަށް، ދިރާސާތަކުން ދައްކާ ކަމަށް ބުނެއެވެ. ހަގީގަތް އެނގޭނީ އެފަދަ ދިރާސާތައް ކުރާ މީހުންނަށެވެ. އެ ދިރާސާތައް ބުނާ ގޮތުން، ޕާޓީ ވެރިން ވެސް، ވެރިކަމުގެ ރަހަ ފެނިއްޖެ ނަމަ، އެއްގޮތަކަށް ވެސް އެ މީހުންގެ ގޮނޑި ދޫކޮށްލާހިތެއް ނުވެއެވެ. ޑުރަގުގެ ވަބާގައި ޖެހި، އެކަމަށް ދެވިހިފުމަށް ވުރެ، ރިއާސަތުގެ ގޮނޑީގައި ފޫކޮޅު ބީހިލުމުގެ އިހުސާސްކުރެވިއްޖެ ނަމަ، އެގޮނޑިއަށް ދެވިހިފައި، ގޮނޑީގެ އަޅަކަށް ވުން ގާތްކަން ބޮޑުކަމަށް މިފަދަ ދިރާސާތައް ބުނާކަމަށް ވެއެވެ. އަދި، އަމިއްލަ ޕާޓީއާއި ޑިމޮކުރަސީގެ އުސޫލުތަކުގެ މަތިން ޕާޓީގެ ތެރެއިން ވެރިކަމަށް ކުރިމަތިލާން ނެރޭ ކެންޑިޑޭޓަކީ ތިމާއަށް ނުވެއްޖެ ނަމަ، އެ ބުނާ އުސޫލުތަކާ ވެސް ދެކޮޅު ހަދައި، ވެރިކަމަށް އެންމެ އެކަށީގެންވާ މީހަކީ ތިމާކަން ތިމާ އަމިއްލައަށް ދައުވާ ކުރެވޭ ގޮތް ވެސް ވާކަން އެންމެ ފަހުގެ ދިރާސާތުތައް ބުނާ ކަމަށް ވެއެވެ. ނަމަވެސް، ކުރިން ވެސް ބުނިހެން ހަގީގަތް އެނގޭނީ ހަގީގަތް ދަންނަ މީހުންނަށެވެ!

(މަތީގައިވާ ދެ ތަސްވީރުން ބުނެދީފައި ވަނީ ބައެއް ގައުމުތަކުގެ ވެރިން، ވެރިކަން ކުރި މުއްދަތުގެ އަހަރުތަކެވެ. ދެން ކާޓޫނީ ކުރެހުމުގައި އެ ފެންނަނީ ސަރުޖަނުންތަކެއް މަތީގައި ބުނެވުނު ފަދަ އޮޕަރޭޝަނެއް ކުރާ މަންޒަރެވެ. ތިރީގައި އެވަނީ ޖާދޫގެ މި ގޮނޑިއާ ބެހޭ ގޮތުން މީގެ ދިހަވަރަކަށް އަހަރު ކުރިން ލިޔުނު ލިޔުން ކޮޅެކެވެ.)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.