ކަނބަލުންގެ ޢިއްޒަތާ ނަން އުފުލާ ހަދަން ޖެހޭނޭ
ކަނބަލުންގެ ޚިދުމަތާ އަގު ރަނގަޅަށް އެނގެން ޖެހޭނޭ
ދުވަހެއް މިފަދަ އައީމާ ދަސްތާ މަލުން ވެދުންކޮށް
ދުވަހުގެ މަލުން ފޮޅޭހަ މާފަތި ގަތަން ޖެހޭނޭ
ކުރުމަށް ބިނާ ޖަމާޢަތް ޤުރުބާން ވުމާ އެކީގައި
ދުރުވިސްނުމާއި ބުރަޔާ އުފުލާ އެނގެން ޖެހޭނޭ
ވެރިކަމުގެ އެކި މަގާމާ ހަނގުރާމަތަކުގެ އިސްސަފު
ކެރިގެން ފިސާރި ރަނގަޅަށް ފުރިކަން އެނގެން ޖެހޭނޭ
ރާއްޖޭގެ ފަތްފުށުން ނަމަ ޑޭވީގެ ޙަދިސާގައި
ރާއްޖޭގެ މޮޅަތި ކަނބަލުން ފާހަގަ ވެވެން ޖެހޭނޭ
ރަސްރަސްކަލުންގެ ވެރިކަން މަސަލަސް ނުވާ ވަގުތުގައި
ބަސްބުނެ ރަމަތަ ކުރާ މޮޅު ޙިކުމަތް އެނގެން ޖެހޭނޭ
ކަނބަލުންގެއަގު ވަޒަންކޮށް ހައްޤުވި ގަދަރު ޖެހޭ ދޭން
ކަނބަލުންގެ އިސްކަމާ އަދި ދައުރާ އެނގެން ޖެހޭނޭ
