...

Support Us

އިސްރާއީލުގެ ޢުދްވާނުތަކަކީ ޝާމިލު ހަނގުރާމައެއް

އިސްރާއީލުން ރޭ ހުޅަނގު އައްސޭރީގެ ޖަނީނަށް އަރައި ޤަތުލު ޢާންމެއް ވަނީ ހިންގައިފައެވެ. މި ޢުދްވާނުގެ ސަބަބުން ފަލަސްޠީނުގެ ހަ މީހަކު ޝަހީދުވެ 26 މީހަކު ޒަޚަމުވިއެވެ. ފަލަސްޠީނު ސަރުކާރުން ސިފަކުރާ ގޮތުގައި އިސްރާއީލުން ކޮންމެ ދުވަހަކު މި ހިންގަމުންދާ ޢުދްވާނަކީ ޝާމިލު ހަނގުރާމައެކެވެ. މި ހަނގުރާމައިގެ އަމާޒަކީ ހުރިހާ އެއްޗެއް ހަލާކުކޮށް ނައްތައިލުމެވެ. 

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ރޭ ނެރުނު ކުރު ބަޔާން  ބުނިގޮތުގައި ހުޅަނގު އައްސޭރީގެ ޖަނީން ފޭލިގެ އަވަށަށް އިސްރާއީލު ސިފައިން އަރައި ހިންގި ޢުދްވާނީ ޢަމަލުތަކުގެ ސަބަބުން އިސްރާއީލުގެ ވަޒަންތަކުން ފަލަސްޠީނުގެ ހަ މީހަކު ޝަހީދުވިއެވެ. އިތުރު 26 މީހަކު ޒަޚަމުވިއެވެ.

މިޞްރުން ބައިނަލްއަޤްވާމީ މުޖްތަމަޢު ޙަރަކާތްތެރިވުމަށް ގޮވައިލުން

އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކޮށް މިޞްރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ފަލަސްޠީނުގެ މަސްރަޙު ހަމަހިމޭން ކުރުމަށް ޓަކައި އެމެރިކާއާއި ޔޫރަޕާއި ބައިނަލް އަޤްވާމީ މުޖްތަމަޢު ޙަރަކާތްތެރިވުމަށް ޤާހިރާއިން ގޮވައިލިއެވެ.

މިޞްރުގެ ޚާރިޖިއްޔާއިން ބުންޏެވެ. "ފަލަސްޠީނުގެ ޖަނީނު ފޭލިގެ އަވަށަށް އިސްރާއީލުން ވަދެގަންވަދެގަތުން މިޞްރުން ކުށްވެރިކުރެއެވެ." ފަލަސްޠީނުގެ ބިންތަކަށް އިރުއިރުކޮޅުން ވަދެގަންނަވަދެގަތުމަކީ ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމަށް މިޞްރުން ބުންޏެވެ. މި ކަމުގެ ސަބަބުން ފަލަސްޠީނުން އިސްރާއީލު  ހިފައިފައިވާ ބިންތަކުގެ ހަމަޖެހުމާއި އަމާންކަން ގެއްލެމުންދާ ކަމަށް މިޞްރުން ބުންޏެވެ.

ތުރްކީން ކުށްވެރިކުރުން

ތުރްކީން ވެސް އިސްރާއީލުން ޖަނީނު ފޭލިގެ އަވަށަށް ވަންވަނުން  ވަރަށް ބޮޑަށް ކުށްވެރިކުރިއެވެ. ތުރްކީގެ ޚާރިޖިއްޔާއިން ބުނިގޮތުގައި އަންގާރަ ދުވަހު އިސްރާއީލު ސިފައިން ޖަނީނަށް ދިން ޢުދްވާނާއި ޔަހޫދީ ވަޒަންވެރިން ޙައްވާރާއަށް އަރައި ދެމުންގެންދާ ޙަމަލާތައް ބަލައެއް ނުގަނެވޭނެއެވެ. އިސްރާއީލުގެ މި ޢުދްވާނީ އަމަލުތަކުގެ ސަބަބުން މަސްރަޙު ހޫނުވަމުންދާ ކަމަށާއި ސަރަޙައްދުގައި ހަރުކަށި ޢަމަލުތަކުގެ ބާނިތައް ދާއިމީ ސިފައެއްގައި ބޮޑުވަމުންދާކަމަށް ބުނެ އެކަންކަން ވަގުތުން ހުއްޓައިލުމަށް އަންކަރާއިން ގޮވައިލައިފާވެއެވެ. މި ކަމުގެ ސަބަބުން މަސްރަޙު ފިނިކުރުމަށް ބައިނަލްއަޤްވަމީ މުޖްތަމަޢުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމުންދާކަމަށް ވެސް މި ބަޔާނުގައި އައިސްފައި ވެއެވެ.

ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތައް ކުށްވެރިކުރޭ

ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޙަރަކާތް އިސްރާއީލުގެ ޢުދްވާނު ކުށްވެރިކުރަމުން ބުނިގޮތުގައި އިސްރާއީލުން ޖަނީނު ފޭލިގެ އަވަށަށް އެރިއެރުމަކީ ޖަރީމާއެކެވެ. ފަލަސްޠީނު ރައްޔިތުން އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ޖިހާދުގެ ސަބަބުން އިސްރާއީލުގެ ރޭވުންތައް ވަނީ ފޭލްވެފައެވެ. މި ޖަމާޢަތް ބުނިގޮތުގައި ފަލަސްޠީނުގެ ޖިހާދު ވާނީ އިސްރާއީލުގެ މައްޗަށް އޮހިގެންދާ "ނަރަކަ" އަކަށެވެ.

ފަލަސްޠީނުގެ ޕޮޕިއުލަރ ފްރޮންޓް ބުނިގޮތުގައި ޖަނީނު ވާނީ "ޝާމިލު އިންތިފާޟާއެއް ރޯކޮށްދޭ އުނދުނައަކަށެވެ."

ޙަމާސުގެ ޢަސްކަރީ ފިޔަ ބުނިގޮތުގައި އިސްރާއީލުން ޝަހީދުކޮށްލި ހަ މީހުންގެ ތެރެއިން ދެ މީހުންނަކީ އެ ޖަމާޢަތުގެ މެންބަރުންނެވެ. މި ދެ ޝަހީދުންނަށް ޓަކައި ޤައްސާމު ޙަރަކާތުން ރައްދުދޭނެކަމުގެ އިންޒާރު އިސްރާއީލަށް ދިނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *