...

Support Us

ޞާލިޙު މީހެއްގެ ގަބުރު

އިބްރާހިމް ބިން ބަޝާރު ރިވާކުރައްވާފައިވެއެވެ. "އަހުރެން އެއް ފަހަރަކު އިބްރާހިމް ބިން އަދުހަމްއާ އެކު ކޫފާއާ ދިމާލަށް ހިނގަމުން ދިޔައީމެވެ. ދެން އެކަލޭގެފާނު ގަބުރެއްގެ ކައިރީގައި ހުއްޓިވަޑައިގެން، އެ މީހާއަށް ރަޙްމަތް ލެއްވުމަށް އެދި الله ޙަޟުރަތުގައި ދުޢާކުރެއްވިއެވެ."

ދެން އަހުރެން އަހައިފީމެވެ. މިއީ ކާކުގެ ގަބުރެއް ހެއްޔެވެ؟ އިބުރާޙިމް ވިދާޅުވިއެވެ. މިއީ ހުމައިދު ބިން ޖާބިރުގެ ގަބުރެވެ. މިއީ އެއް ޒަމާނެއްގައި މި ސަރަހައްދުގެ ހުރިހާ އަވަށެއްގެ ލީޑަރެވެ. އަހުރެން އަހައިފީމެވެ. އޭނާ އެހާ ޚާއްޞަވީ ކޮން ކަމަކާ ހެއްޔެވެ؟

ވިދާޅުވިއެވެ. އޭނާއަކީ ރޭގަނޑުގެ ވަގުތުތައް ކުޅިވަރާއި މަޖަލުގައި، މުނިފޫހިފިލުވުމުގެ އުފާތަކުގައި ހޭދަކުރެއްވި ވަރަށް މުއްސަނދި ލީޑަރެކެވެ. އެއް ރެއަކު އޭނާ ނިދައިފައި އޮއްވާ ހުވަފެނުގައި ފެނުނީ ބޯލާކޮޅުގައި މީހަކު ހުއްޓި ހުރިތަނެވެ. އެމީހާގެ އަތުގައި ފޮތެއް އޮތެވެ. ދެން ހުމައިދު އެފޮތް އަތުލައި އޭގައި ހުރި އެއްޗެއް ކިޔަން ފެށިއެވެ. އޭގައި ހުރި ބަސްތައް ލިޔެފައިވަނީ ރަން ދެލިންނެވެ. އޭގައި ލިޔެފައި ވެއެވެ. "ތިމަން ރަސްކަލާނގެ ނޫރަށް ވުރެ ތިމަން ރަސްކަލާނގެ އަލިފާނަށް އިސްކަން ނުދޭށެވެ. އަދި ދުނިޔޭގައި ތިބާއަށް ލިބިފައިވާ ތަކެތިން، ތިބާ އުޚުރަވީ ހަޔާތުގައި ސަލާމަތްވެދާނެ ކަމަށް ހެއްލުންތެރިވިޔަ ނުދޭށެވެ. ތިބާއަށް ލިބިފައިވާ ނިޢުމަތަށް ރަސްކަމޭ ކިއިދާނެއެވެ. އެއީ އެހުރިހާ އެއްޗެއް ހިނދުކޮޅެއްގެ ތެރޭގައި ނެތިހިނގައިދާނެ ކަމުގެ ހަގީގަތް ނުވިނަމައެވެ. އަދި ތިބާގެ ދިރިއުޅުމަކީ ހިތްހަމަޖެހޭ އުފާވެރިކަމުގެ ދިރިއުޅުމެކޭ ބުނެވިދާނެއެވެ. އެއީ އޭގެ ފަހުން ހާސްކަމާއި ނިކަމެތިކަމާއި ކުރިމަތި ލާން ނުޖެހޭނެ ނަމައެވެ. އެހެންކަމުން މިދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައި ޖެހުމާ މެދު ސަމާލުވާށެވެ. ނޫނީ ތިބާ ހަލާކުވެފައިވާ މީހުންގެ ސަފުތަކާއި ގުޅޭށެވެ.

"وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ [3:133] އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަން ހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ."

އަދުޙަމް ވިދާޅުވިއެވެ. ހުމައިދަށް ދެން ހޭލެވުނީ ބިރުވެރި ހާލެއްގައި ވަނިކޮށެވެ. އެހިނދު ލީޑަރުގެ މަގާމުން ވަގުތުން އިސްތިއުފާ ދެއްވިއެވެ. އަދި މިފަރުބަދަތައް ކައިރިޔަށް ވަޑައިގެން ސާދާ ދިރިއުޅުމެއް އުޅުއްވަން ފެއްޓެވިއެވެ. ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވައި، އުޅުއްވިއެވެ. ގިނަ ވަގުތު ހޭދަކުރައްވަނީ الله އަށް އަޅުކަން ކުރެއްވުމަށެވެ. އަޅުގަނޑު މިތަނަށް އައިސް އެއްފަހަރަކު އޭނާއާ ބައްދަލުވެ، އޭނާއާ އެކުގައި އުޅުނީމެވެ. އަޅުގަނޑަށް ފެނުނީ އޭނާއަކީ ވަރަށް ތަޤުވާވެރި މީހެއް ގޮތުގައެވެ. އޭގެ ފަހުން އޭނާ މަރުވާންދެން އޭނާއަށް ޒިޔާރަތް ކުރަމުން ގެންދިޔައިމެވެ.

[އަލްމަވާޢިދު ވަލްމަޖާލިސް: 179]

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.