Support Us

މެޑްވެޑޭވްގެ އިންޒާރު: ހުޅަނގުގެ އިސްތިޢުމާރީ ވިސްނުމުގެ ސަންދޯކުގައި އެންމެ ފަހު އިލި ޖަހާނަން

ސޮވިއެޓް ޔުނިއަނުން އިސްތިޢުމާރީ ނިޒާމު މަރައިލުމުގައި މުހިއްމު ދައުރެއް ކުޅުނު ގޮތަށް "އަހުރެމެން އެހެން ޤައުމުތަކާއެކު ހުޅަނގުގެ އައު އިސްތިޢުމާރީ ވިސްނުމުގެ ސަންދޯކުގައި އެންމެ ފަހު އިލި ޖަހާނަމެވެ." ރަޝިޔާގައި ވެރިކަން ކުރާ ޕާޓީގެ އިޖްތިމާޢީ ވެބްސައިޓްގައި ރަޝިޔާގެ ކުރީގެ ރައީސް ވެމެޑްވެޑޭވް ލިޔުއްވި މަޒުމޫނެއްގައި އައިސްފައި ވެއެވެ. "އެތައް ތަނޑިތަކެއް ހިމެނޭ އައު ދުނިޔެ މާ ތައުގީދު ވާނެއެވެ. އެތާނގައި އޮންނާނީ ދެ ތަނޑިއެއް އެއް ތަނޑިއެއް ނޫނެވެ. އެހެނަސް އެ ދުނިޔެ ރަޝިޔާއަށް މުނާސަބު ވާނެއެވެ."

މެޑްވެޑޭވަކީ ރަޝިޔާގެ ކުރީގެ ރައީސްގެ އިތުރުން ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސެވެ. އޭނާ ވިދާޅުވިއެވެ. "ވާހަކަދެއްކުން މަނާ ސަރަޙައްދެއް އެތާނގައި ނޯންނާނެއެވެ. އެއްވެސް ޒަމާނެއްގައި ރަޝިޔާގެ ކޮލޮނީއެއް ނޯންނާނެއެވެ." މެޑްވެޑޭވް މަޒުމޫން ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޙަޤީޤީ ސިޔާދަތުގެ ވެރި ޤައުމުތައް މިއަދު ހުޅަނގުގެ ޖަމާޢީ ޚުދްމުޚްތާރުކަން ދެކެ ބިރެއް ނުގަނެއެވެ. އެ މީހުން ގުޅިގެން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި ބޮލެއް ނުލަނބައެވެ."

އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ބޮޑުންގެ ތެރެއިން ގިނަ ބަޔަކު އަންނަމުން މިދާ ބަދަލުތައް ޤަބޫލުކުރައްވައެވެ.

އޭނާ ވިދާޅުވިއެވެ. "އޭޝިޔާއާއި އެފްރިކާއާއި ލެޓިން އެމެރިކާގައި އޮތް ފަރަންސޭސިވިލާތުގެ ނުފޫޒު މިހާރު ދަނީ ކަފާސްވަމުންނެވެ."

ފަރަންސޭސިވިލާތުގެ ރައީސް މެކަރޯން މި ދިޔަ ހަފުތާގައި އެފްރިކާގެ ހަތަރު ޤައުމަކަށް ކުރެއްވި ދަތުރުފުޅުގައި ފަރަންސޭސި ވިލާތުގެ އިރު އެފްރިކާގައި އޮއްސިއްޖެކަމަށް ވަނީ ވިދާޅުވެފައެވެ.

މެޑްވެޑޭވް ވިދާޅުވިގޮތުގައި "މެދުތެރޭ އެފްރިކާ ޖުމްހޫރިއްޔަތާއި މާލީގައި އެއްވެސް ރަސްމިއްޔާތެއްނެތި ދޮރު ހުޅުވައިފާ ފަރަންސޭސި ސިފައިން ނުކުތުމަށް ވަނީ ބުނެފައެވެ."

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް އެންޓުވާން ޗެސްކެޑީ ފަރަންސޭސި ރައީސް މެކަރޯނާއެކު ބޭއްވެވި ނޫސް ބައްދަލުވުމެއްގައި ވިދާޅުވިއެވެ. "ޚާއްޞަކޮށް ފަރަންސޭސީންނާއެކު ޢާންމުކޮށް ހުޅަނގާއެކު ވާހަކަދައްކާއިރު އެ މީހުން ކަންތައްތައް ދެކޭގޮތް ބަދަލުކުރަން މިހާރުވަނީ ލާޒިމުވެފައެވެ. އެއްބާރުލުމުގެ މަގު ވަނީ ބަދަލުކުރާން ޖެހިފައެވެ. ތިބާމެން އަހުރެމެންނާ ދިމާއަށް ބަފައެއްގެ ނަޒަރުން ބަލައިގެން ނުވާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *