Support Us

ރަޝިޔާގެ ހަމަލާއެއްގައި ޑްނެޕްރޯ ވައިގެ ބަނދަރު ފުނޑުފުނޑުކޮށްލައިފި

ރޫސީ ސިފައިން މިއަދު ދިން ޙަމަލާއެއްގައި ޑްނިޕްރޯ ވައިގެ ބަނދަރާއި އެތަނާ ޖެހިގެން ހުރި ބިނާރުތައް އެކަށް ފުނޑުފުނޑުކޮށްލައިފިއެވެ.

ކިޔީވާއި ޑްނިޕްރޯއާއި ޒަބަރޯޖިޔާގެ ޢަސްކަރީ އިދާރާތައް ބުނާގޮތުގައި ރޫސީ ޙަމަލާތަކާ ދެކޮޅަށް އެމީހުންގެ ދިފާޢީ ޑްރޯންތައް ވަނީ އުދުއްސައިލައިފައެވެ. ޔުކްރޭނުގެ ޗީފް އޮފް ސްޓާފުގެ އޮފީސް ބުނާގޮތުގައި ބަޚްމޫތާއި ލީމާނާއި ޝަޚްތާރާއި އެވްޑީވްކާ ނާރެސްތަކަށް ރޫސީ ވައިގެ ބާރުތަކުން ދިން ޙަމަލާތަކުގެ ތެރެއިން 95 ޙަމަލާ މަތަކޮށް ދިފާޢުކުރިއެވެ. ޔުކްރޭން ބުނާގޮތުގައި ރޫސީ ޙަމަލާތަކުގެ އަމާޒަކީ ޑޮނެސްކާއި ކޮބިޔަންސްކާއި ޚާރްކީވް ސަރަޙައްދުތަކެވެ. 

ޔުކްރޭނުން ބުނާގޮތުގައި ރަޝިޔާއިން ވައިގެ 27 ޙަމަލާއާއި ދުރު ރާސްތާ މިސައިލްގެ ހަތަރު ޙަމަލާއާއި ކުރު ރާސްތާ މިސައިލްގެ 70 ޙަމަލާ ދިނެވެ. ޔުކްރޭނުން ރޫސީ ސިފައިންނާ ދެކޮޅަށް 12 ޙަމަލާ ދިނެވެ. މި ޙަމަލާތަކުގެ އަމާޒުތަކަކީ ރޫސީ ސިފައިންގެ މަރްކަޒުތަކާއި ވައިގެ ދިފާޢީ މަރްކަޒުތައް ކަމަށް ޔުކްރޭނުން ބުންޏެވެ.

ޑްނިޕްރޯ ވައިގެ ބަނދަރު

ޑްނިޕްރޯގެ ޢަސްކަރީ އިދާރާ ބުނާގޮތުގައި ރަޝިޔާއިން މިއަދު ޑްނިޕްރޯގެ ވައިގެ ބަނދަރަށް ދެ ޙަމަލާދިނެވެ. ވައިގެ ބަނދަރާއި އެ ހިސާބުގައި ހުރި ބިނާރުތައް އެކަށް ފުނޑުފުނޑުވެ ހަލާކުވެގެން ދިޔައީ ދެވަނަ ޙަމަލާގައެވެ. ޖަޒީރާއިން ބުނާގޮތުގައި އެ ތާނގެ ޓީމަށް ވައިގެ ބަނދަރު ފެންނަ ހިސާބަށް ދެވުނެވެ. އޭރު އެ ހިސާބު ދަނީ ރޯވެ އަނދަމުންނެވެ. 

ޔުކްރޭނުގެ ރައީސް ޒިލެންސްކީގެ މުޝީރެއް ކަމުގައިވާ އޮލެކްސީ އެރިސްޓޯވިޗް ވިދާޅުވާ ގޮތުގައި ދެކުނު ރަށެއް ކަމުގައިވާ މަރިޔޯޕޯލުގައި ހަނގުރާމަ ހިނގަމުން އެބަދެއެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން ސިފައިން ދަނީ މި ރަށް ދިފާޢު ކުރަމުންނެވެ.

ރޫސީ ދިފާޢީ ވުޒާރާއިން ބުނާގޮތުގައި ޔުކްރޭންގެ ޢަސްކަރީ ވައިގެ ބަނދަރެއް ކަމުގައިވާ ޗްގޮވޭވް ވައިގެ ބަނދަރު ދިފާޢުކުރުމަށް ހުރި އެސް 300 މަރުކާގެ ދިފާޢީ ނިޒާމު މިއަދުގެ ޙަމަލާގައި ހަލާކުކޮށްލެވުނެވެ. އަދި ތަފާތު ސަރަޙައްދުތަކުން ޔުކްރޭނުގެ އަށް ޑްރޯނެއް ވައްޓައިލިއެވެ.  

އަނެއްކޮޅުން ޔުކްރޭނުގެ ދެކުނު ޢަސްކަރީ އޮޕަރޭޝަންތަކާ ބެހޭ ތަރްޖަމާނު ނަޓާލިޔާ ހޮމްނިޔޫކް ވިދާޅުވާ ގޮތުގައި ރަޝިޔާއިން ދަނީ ޔުކްރޭނުގެ މުހިއްމު އަމާޒުތަކަކަށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއިން މިހާރު ވަނީ ޙަމަލާދިނުމުގެ އުކުޅުތަކަށް ބަދަލު ގެނެސްފައެވެ. ރަޝިޔާއަށް ދަސްވެފައިވާ ގޮތުގައި ބޮޑެތި މިސައިލް ޙަމަލާތަކުން މާ އެދެވޭ ނަތީޖާތަކެއް ޙާސިލެއް ނުކުރެވެއެވެ. 

އަނެއްކޮޅުން ޔުކްރޭނުގެ ވައިގެ ބާރުތައް ބުނާގޮތުގައި އިދިކޮޅު ޙަމަލާތައް ދިނުމަށް ޓަކައި އާޓިލަރީ އުޅަނދުތަކަށާއި ވަޒަނަށާއި އުންޑައަށް ބޭނުމެއް ނުވެއެވެ. ބޭނުން ވަނީ ޒަމާނީ ހަނގުރާމަމަތީ މަތިންދާބޯޓަށެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *