...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަތީގައި އެވާ ތަސްވީރު އިޝާރަތްކުރަނީ ވަރަށް ވެސް ހިތި ނަމަވެސް ބޮޑު ހަގީގަތަކަށެވެ. ގައުމު އޮންނަނީ މައިގަނޑު ގޮތެއްގައި ދެބަޔަކަށް ބެހިފައިކަމުގެ ހިތި ހަގީގަތަށެވެ. އެއްބަޔަކީ އެ މީހުންގެ ހުރިހާ މާއްދީ ކަމެއްހެން ފުދިފައި އޮންނަ ބައެވެ. ގައުމުގެ ހުރިހާ ޚައިރާތެއް އެ މީހުންގެ ބާރުގެ ދަށުގައި އޮތުމުންނެވެ. އަނެއް ބަޔަކީ އެ މީހުންގެ އަސާސީ ބޭނުންތައް ވެސް ފުއްދޭނޭ މިންވަރު ވެސް ނެތް މީހުންގެ ބައެވެ.

ފުރަތަމަ ބައިގެ މީހުން ދެކޭ ގޮތުގައި ދެވަނަ ބައިގެ މީހުންގެ ހުރިހާ ބޭނުމެއް ދެތިން ހާސް ރުފިޔާއިން ފުއްދެން ޖެހެއެވެ. އެ މީހުންގެ ބޭނުން ފުއްދުމަށް ލައްކައިން ފައިސާގެ ބޭނުން ޖެހޭ ކަމަށް ދެކޭ އިރު ވެސް މެއެވެ.

ކަން މިހެން އޮތް އިރު ވެސް، ފުރަތަމަ ބައިގެ މީހުންނަށް ގައުމުގެ ޚައިރާތުތައް އެމީހުންގެ ބާރުދަށުގައި ބޭއްވެނީ، މަތީގައި އެވާ ތަސްވީރު ބުނާ ގޮތުން، ދެވަނަ ބައި މީހުންގެ ބުރިކަށިމައްޗަށް އަރައި ތިބެގެންނެވެ. އާދެ، ދެވަނަ ބައިގެ މީހުން ފުރަތަމަ ބައިގެ މީހުންގެ ތެރޭގައި ހިމެނޭ ސިޔާސީ މީހުންގެ މާނައެއް ނެތް ހޮޅި ވާހަކަތައް އަޑުއަހައި، ކަނު ސިފައެއްގައި އެ ވާހަކަތައް ގަބޫލުކޮށްގެން ތިބޭތީއެވެ. މި ގޮތް ދޫކޮށް، ދެވަނަ ބައިގެ މީހުން ވެސް އެމީހުން އަމިއްލަ ސިކުނޑި ބޭނުން ހިފައި، ގައުމުގެ ޚައިރާތުތައް އަދުލުވެރި ގޮތެއްގައި އެންމެނަށް ހިއްސާކުރާނޭ ނިޒާމެއް ކަނޑައެޅުމުގެ މަސައްކަތް ފެށުމުން، މިހާރު މިފެންނަ ފާސިދު ނިޒާމު ބަދަލުކޮށްލެވޭނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.