Support Us

ބަޚްމޫޓުން ޔުކްރޭން ސިފައިން ބޭލުމަށް ވެގްނަރ ޖަމާޢަތުގެ ވެރިޔާ ޒިލެންސްކީއަށް އަމުރުކޮށްފި

ބަޚްމޫޓުން ޔުކްރޭން ސިފައިން ބޭލުމަށް ރަޝިޔާގެ ޢަސްކަރީ ޚާއްޞަ ޖަމާޢަތެއް ކަމުގައިވާ ވެގްނަރގެ ރައީސް ބްރިގޮޖެން ޔުކްރޭނުގެ ރައީސް ޒިލެންސްކީއަށް އަމުރުކޮށްފިއެވެ.

އިއްޔެ ދުރަށް ފެތުރި ވީޑިއޯ މެސެޖެއްގައި އޭނާ ބުނިގޮތުގައި ބަޚްމޫޓު މުޅި ސަހަރު މިހާރު އޮތީ ވެގްނަރ ސިފައިންގެ ބާރުގެ ދަށުގައެވެ. އޭނާ ބުނިގޮތުގައި ޔުކްރޭން ސިފައިން ސަލާމަތުން ފޭބުމަށް ޓަކައި އެއް މަގު އަދި އޮތީ މުޅިން ބަންދު ނުކޮށެވެ.

ވެގްނަރ ހަނގުރާމަވެރީން އިރުމަތީ ޔުކްރޭނުގައި ހަނގުރާމަކުރަމުންދާތާ އެތައް މަހެއް ވެއްޖެއެވެ. ބަޚްމޫޓު ހިފުމުން ރޫސީ ސިފައިންނަށް ކްރާމަޓޯރަސްކާއި ސްލޮވިޔާންސްކް ފަދަ ބޮޑެތި ސަހަރުތައް ހިފުމަށް ދޮރު ހުޅުވިގެންދާނެއެވެ.

ބްރިގޮޖިން ހާމަކުރި ގޮތުގައި އޭނާގެ ސިފައިންނާ ކުރިމަތިލާން ޖެހިފައި ވަނީ ޔުކްރޭން ސިފައިންނަކާއެއް ނޫނެވެ. ސިފައިންނާއެކު ހަނގުރާމަކުރާ ކުޑަކުދީންނާއި ޢުމުރުން ދުވަސްވީ މީހުންނާއެވެ. ބަޚްމޫޓުގެ މެދުތެރެއާ ދެ ކީލޯމީޓަރެއްހާ ދުރުގައި ވެގްނަރ ސިފައިން ތިއްބާ އޭނާގެ ވީޑިއޯގައި ފެނިފައިވެއެވެ.

ބަޚްމޫތު ޙިޞާރުކޮށްފައި 

ޔުކްރޭނުގެ ސިޔާސީ އަދި ޢަސްކަރީ އިސްވާރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ބަޚްމޫޓުގެ ޙާލަތު ވަރަށް  ނާޒުކެވެ. ޑޮނެޓްސްކުގެ ވެރިން ވިދާޅުވާ ގޮތުގައި ބަޚްމޫޓު އޮތީ ޙިޞާރުކޮށްފައެވެ. ޔުކްރޭނުގެ އެއްގަމު ސިފައިންގެ ވެރިޔާ ވިދާޅުވާ ގޮތުގައި ވެގްނަރ ހަނގުރާމަވެރީން ދަނީ ސަހަރުގެ ވަށައިގެން ކަރުގޮށް ބާރުކުރަމުންނެވެ. 

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި ރަޝިޔާއިން ދަނީ ބަޚްމޫޓު ހިފުމަށް މަސައްކަތްކުރަމުންނެވެ. ހަނގުރާމަ  މެދުކެނޑުމެއްނެތި ހިނގަމުން އެބަ ދެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *