އިހަށްތިބި ކާފައިން ދިރިގެން އައުން ނޫނީ ގޮތެއް ނެތްތޯ
ކިހައްޑިހަ އަބުރުގައި ގައުމުގެ ނުޖެހި ވާނޭ ގޮތެއް ނެތްތޯ
ދޮޅަސް ރުފިޔާ މުސާރައަކަށް ދެވުނު އިރު ދިން ރަނގަޅު ޚިދުމަތް
މޮޅަށް މިއަދަކު ދިވެހި ގައުމަށް ދެވޭނޭ ހެޔޮ ގޮތެއް ނެތްތޯ
ގަމީހާ މުންޑު ބަނޑު ހަނޑުލާ އެކަނި ދެވިފައި ނަގުދު ނުދިނަސް
ހަމީހުންނާ އެކަކު އެއްފަދަ ޒަމާން ގެނެވޭން ގޮތެއް ނެތްތޯ
މަގެއްގެ މަތީން ވިޔަސް ހޯދައި ޖެހުނު މައްސަލަ ނައިބު އަރިހަށް
އަގެއް ފޯމަށް ނުދީ ހުށަހެޅި ފަސޭހަ ލިބޭ ގޮތެއް ނެތްތޯ
ދެޚަޞްމުން އެއްތަނަށް ވަގުތުން ގެނެސް ސަރިޔަތް ކުރެވި ނިންމާ
އެ ހަލި ފަހިކަން އަލުން އަނބުރާ ލިބޭނެ މަގެއް ގޮތެއް ނެތްތޯ
ޢުމަރު ޒާހިރު މަޖީދިއްޔާ ކުދީންގެ ސުލޫކު އަޚުލާޤާ
ސުމަކު ހުރުމަށް ނުދެއްވިޔެ ތަން، އެކަމަކަށް ފަހެ ގޮތެއް ނެތްތޯ
ފަށެއް ނާރާ ދޮށީ ޢުމުުރުގެ ދެތިން ސިފައިން އަމަން ބެލިޔޭ
އަށެއްގެ ފަހުން ފަތިސްވާންދެން، މިއަދު އެކަމަށް ގޮތެއް ނެތްތޯ
