Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް

މަތީގައިވާ ތަސްވީރުން އެ ފެންނަނީ އިބުރާހިމާއި އިސްމާއީލު މިސްކިތެއްގައި ނިދާފައި ތިބި މަންޒަރެވެ. އިބުރާހިމާ އިސްމާއީލަކީ ގާތް ދެ ރަހުމަތްތެރިންނެވެ. ދެ ރަހުމަތްތެރިންގެ މެދުގައި ހެޔޮކަމުގެ ވާދަވެރިކަމެއް އުފެދުނެވެ. ކޮންމެ ފަރުޟު ނަމާދަކަށް މިސްކިތަށް ޖަމާއަތަށް އައުމުގެ ވާދަވެރިކަމެވެ. އަވަހަށް މިސްކިތަށް އައުމަށް އިސްމާއީލު ކިތަންމެ ގަދައަށް މަސައްކަތް ކުރިކަމުގައި ވިޔަސް، އޭނާ މިސްކިތަށް އަންނައިރު އިބުރާހިމު ހުންނަނީ މިސްކިތުގައެވެ. ޚާއްސަ ގޮތެއްގައި ފަތިހުގެ ވަގުތުގައި މިކަން ފާހަގަކުރެވެއެވެ. ދުވަހަކު ވެސް ފުރަތަމަ ސަފުން އިސްމާއީލަށް ޖާގައެއް ނުލިބެއެވެ، ނަމަވެސް، އިބުރާހީމު އަބަދުވެސް ފަތިސް ނަމާދުގައި ވެސް ކުރީ ސަފުގައި ސީދާ އިމާމު މީހާގެ ފަހަތުގައި ހުރެއެވެ.

އެންމެ ފަހުން، އިސްމާއީލު އިބުރާހީމު ކުރެން އެއްސެވެ. އިބުރާހިމާއެވެ. ކަލެއަށް އެހާ ފަސޭހައިން ޚާއްސަކޮށް ފަތިސް ނަމާދަށް އަވަހަށް އާދެވެނީ ކިހިނެއް ހެއްޔެވެ؟ އެކަމުގެ ސިއްރު އަހަންނަށް ބުނެދީފާނަން ހެއްޔެވެ؟

ޖަވާބުގައި އިބުރާހިމު ބުންޏެވެ. އެކަމުގެ ސިއްރު ގުޅެނީ އަހަރެންގެ ޒަވާޖީ ހަޔާތާއެވެ. އަހަރެން ވެސް ދެއަނތްބަށް މީހަކާ އިނީއެވެ. ދެން ދެ އަނބިންގެ ވެސް އަޅާލުން ބޮޑުވެ، އެ ދެ މީހުންގެ ވާދަވެރިކަމުގެ ސަބަބުން އަހަންނަށް ފަތިސް ނަމާދަށް ވެސް އަވަހަށް އާދެވޭ ގޮތް މެދުވެރިވީއެވެ.

ދެން އިސްމާއީލުވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް ދެ އަނތްބަށް މީހަކާ އިނދެއްޖެއެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިބުރާހިމާއެކު މިސްކިތުގައި އިސްމާއީލު ނިދާތަން ވެސް މީހުންނަށް ފެނުނެވެ.