ރީތި ތަނެއް ރީތި ތަނެއް
ރާއްޖެ މިއީ ރީތި ތަނެއް
އަތޮޅުތަކަށް ބެހިފައި އޮތް
ވަކިރަށްތައް އޮންނަ ތަނެއް
ހިތްފަހިކަން ލިބިގެންވާ
ރުއްގަސް ގިނަ ހެދިފައިވާ
ހަނި ދިގުކޮށް ދެމިފައި އޮތް
ޓުއަރިސްޓުން އަންނަ ތަނެއް
މޫދު ނުހަނު ސާފުވެފައި
ތުނޑިތަކު ދޮން ވެލި އޮވެފައި
ވެލިގަނޑު ދޮން ވޮޑިވޮޑި އޮތް
ތުނޑިތައް ނަލަ ރިވެތި ތަނެއް
ތޭރަވަޔާ މޯޅަލަވައި
ފިނދަނަ ބޮނޑަނަ ތައް ރަތަފައި
އުފާ ކުރާ ތަނަކަށް އޮތް
ދުނިޔޭން މީ ރިވެތި ތަނެއް
ގަސްގަހުގައި މާފޮޅިލާ
ދެއިރު ފިނީ ފޮޅި ފަރިވާ
ދެމޫސުމަށް ފަރިކޮށް އޮތް
ރާއްޖެ މިއީ ރީތި ތަނެއް
