Support Us

އިސްރާއީލުގެ ޤަޟާއީ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތް ފަށައިފި

އިސްރާއީލުގެ ޤަޟާއީ (ޖުޑީޝަރީ) ނިޒާމު އިޞްލާޙު ކުރުމަށް ޓަކައި ބޮޑުވަޒީރު ނަތަންޔާހޫ ކަނީސަތަށް ހުށައެޅުއްވި ހުށައެޅުއްވުމާއިގެން ކުރިއަށް ދިޔުމަށް ކަނީސަތުން މިއަދު އެއްބަސްވެއްޖެއެވެ.

މި އިޞްލާޙުތަކާ ދެކޮޅަށް އިސްރާއީލުގައި މުޒާހަރާތައް ބާއްވަމުންދާތާ އެތައް ހަފުތާއެއް ވެއްޖެއެވެ. މި މުޒާހަރާތައް ބޭއްވެނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. "އުންމަތުގެ ފުރާނައަށް ޓަކައި ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް" އިދިކޮޅު ޖަމާޢަތްތަކުން ބުނެއެވެ.

ނަތަންޔާހޫ އިސްރާއީލުގެ ޤަޟާއީ ނިޒާމުގެ މައްޗަށް ބަރްލަމާނުގެ ބާރު ގަދަކުރައްވަން މަސައްކަތް ކުރައްވަނީ އޭނައާ ދެކޮޅަށް ކޯޓުތަކުގައި ހުރި ފަސާދައިގެ މަސްއަލަތަކުގައި އޭނާއަށް ވެރިކަން ގެއްލިދާނެތީއެވެ. 

އިސްރާއީލުގެ ބަރްލަމާނުން މި ބިލް ބަލައިގަތުމުން ނަތަންޔާހޫ ޓްވިޓަރުގައި ލިޔުއްވިއެވެ. "މިއީ މަތިވެރި ދުވަހެކެވެ. މަތިވެރި ރެއެކެވެ."

އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނިގޮތުގައި ނަތަންޔާހޫގެ މިހުށައެޅުއްވުން ކަނީސަތުން ބަލައިގަތީ 63 ވޯޓުގެ ހަނި އަޣްލަބިއްޔަތަކުންނެވެ. ނަތަންޔަހޫގެ ކޯލިޝަންގައި ހިމެނޭ "އިސްރާއީލު އަހުރެމެންގެ ގެ" ޕާޓީ މި ބިލަށް ތާއީދެއްނުކުރެއެވެ. މި ހާރު މި ބިލް ވަނީ ދުސްތޫރީ ކޮމެޓީއަށް ފޮނުވައިފައެވެ. މި ބިލަށް ވޯޓަށް އެހެނީ ދެ ކިޔުމަކަށް ފަހުގައެވެ.

ނަތަންޔާހޫގެ ކޯލިޝަނަށް ބަރްލަމާނުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑީގެ އަޣްލަބިއްޔަތެއް ލިބިފައިވާތީ މި ބިލް ފާސްވާނެކަމަށް ފެނެއެވެ. މި ބިލުގައި ހިމެނެނީ ދެ ޤާނޫނެކެވެ. ފުރަތަމަ ޤާނޫނަކީ  ޤަޟާއީ ނިޒާމަށް އިޞްލާޙު ގެނައުމާ ބެހޭ އަސާސީ ޤާނޫނެވެ. ދެވަނަ ޤާނޫނަކީ ފަނޑިޔާރުން އިސްކުރުމާ ބެހޭ ނިޒާމަށް ބަދަލުގެނައުމާ ބެހޭ ބިލެވެ. 

ޤާޟީން އިޚްތޔާރު ކުރުމުގެ އިސްލާޙު ބުނާގޮތުގައި ޤާޟީން ޢައްޔަންކުރާނީ ނުވަ މެންބަރުންގެ ކޮމެޓީއަކުންނެވެ. މި ކޮމެޓީގައި ވެރިކަންކުރާ ޕާޓީން ފަސް މެންބަރުންނާއި އިދިކޮޅު ޕާޓީތަކުން މެންބަރަކު ހިމެނޭނެއެވެ. ދެން ތިއްބަވާނީ ސުޕްރީމު ކޯޓގެ ރައީސާއި މުސްކުޅިކުރެވިފައިވާ ޤާޟީންގެ ތެރެއިން ދެ ބޭފުޅެކެވެ. މި ދެ ބޭފުޅުން ޢައްޔަން ކުރާނީ ސުޕްރީމު ކޯޓާއި ޖަސްޓިސް މިނިސްޓަރު ވާހަކަފުޅު ދައްކަވައިގެންނެވެ. 

މި އިޞްލާޙުތަކާ ބެހޭގޮތުން ވޯޓުނެގުމުގެ ކުރިން އެތައް ހާސް ބަޔަކު މިކަމާ ދެކޮޅަށް އިޙްތިޖާޖުކޮށް ބަރްލަމާނު ކައިރީގައި މުޒާހަރާކުރިއެވެ. ސަރުކާރުގެ ބަރްލަމާނީ ބައެއް މެންބަރުން ކަނީސަތަށް ވަޑައިގަތުމަށް ވެސް ހުރަސްއެޅިއެވެ. އިސްރާއީލު ފުލުހުން ބުނާގޮތުގައި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން އަށް މީހަކު ހައްޔަރު ކުރިއެވެ.

މި ބިލާބެހޭގޮތުން ޚިޔާލު ހޯދުމަށް ނެގުނު ވޯޓެއް ބުނާގޮތުގައި އިސްރާއީލުގެ ގިނަ ބަޔަކު ތާއީދު ކުރާނީ މި ބިލް ލަސްކުރުމަށެވެ.

އިސްރާއީލުގެ އިދިކޮޅު ޒަޢީމު ލެޕިޑް ސަރުކާރުގެ މެބްބަރުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މި ކަމާ ބެހޭގޮތުން ތިޔަބޭފުޅުންނާ ސުވާލު ކުރެވޭނެއެވެ." މިއީ "ދީމުޤްރާޠީ ނިޒާމާއި އިޤްތިޞާދާއި އަމްނާ ބެހުމެވެ. އަދި މިއީ ރައްޔިތުން ފޮތިފޮތިކުރުމެވެ." 

މި ބިލް ހުށައެޅުމާ ވިދިގެން އިސްރާއީލުގެ ފައިސާގެ އަގު ޙިއްޞާ ބާޒާރުގައި ޑޮލަރުގެ ނިސްބަތުން 1% އަށް ވެއްޓިގެން ދިޔައެވެ. ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ޤާނޫނީ މި އިޞްލާޙުތަކުގެ ސަބަބުން ވުނޭރުން ޤައުމުން ބޭރަށް ދާން ފަށާނެއެވެ. އަދި އިސްރާއީލުގެ ރައުސްމާލުތައް ބޭރަށްދާން ވެސް ފަށާނެއެވެ. ސަރުކާރުގައި ހިމެނޭ ޕާޓީއެއް ކަމުގައިވާ "ޔަހޫދަތު ހަތޫރާތު"ގެ ޒަޢީމު މޫޝޭ ޖަފްނީ ވިދާޅުވާ ގޮތުގައި އިޤްތިޞާދާ ކުރިމަތިވާ މަސްއަލަތަކާ މި ޤާނޫނާ ގުޅުމެއް ނެތެވެ.

ސަރުކާރު ބުނާގޮތުގައި މި އިޞްލާޙުތަކުގެ ބޭނުމަކީ ސިޔާސަތުގެ ތެރެއަށް ފަނޑިޔާރުގެ ވަނުން މަނާކުރުމެވެ. ނަތަންޔާހޫއާ ދެކޮޅަށް ފާޑުވިދާޅުވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ނަތަންޔާހޫގެ ސިޔާސަތުގެ ސަބަބުން އިސްރާއީލުގެ "ދީމުޤްރާޠީ ތިލަފަތުގެ ތަވާޒުނު" ގެއްލިގެންދާނެއެވެ. އަދި އިސްރާއީލު ޑިޕްލޮމެޓިކް މައިދާނުގައި އެކަހެރިވުން އިތުރުވާނެއެވެ.

އިސްރާއީލުގެ ރައީސް އިސްޙާޤު ހަރޓްޒޮގު ސަރުކާރަށާއި އިދިކޮޅު ޕާޓިތަކަށް ވާހަކަދައްކައިގެން މަސްއަލަ ޙައްލުކުރުމަށް ދަނީ ގޮވައިލައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *