އެތައް އާޔަތްތަކެއް މަތިވެރި އެރޭގައި ދެކެވަޑައިއެގަތީ
އެތަންތާނގައި އެހެރަ ހެކިތައް އެރޭގައި ދެކެވަޑައިއެގަތީ
***
ރިވާޔަތްތައް ބަޔާންކޮށްދޭ ހަތާވީސް މާތްރަޖަބު މަހުގައި
މިވާބިޔަ ކައުނު ތެރެއިންމާތް ބުރާގުފުޅުން ވަޑައިއެގަތީ
ތަޢާރުފު ތަންތަނާ ކަންކަން ރަސޫލާޔަށް ވިދާޅުވަމުން
ސަޢާދަތު ލިބިވަޑައިގެންވީ ވިމާތް ޖިބްރީލް ވަޑައިއެގަތީ
ޙަޤީޤީ ސޫރަފުޅުގައި ޖަންނަތުލް މައުވާގެ ކައިރީގައި
ވަޙީގެ އަމާނަތުގެ ޖިބްރީލް ދިމާޔަށް ފެނިވަޑައިއެގަތީ
ވަޙީބަސްފުޅު ރަސޫލާޔަށް އެރޭ އިއްވެވިޔެ ޚާއްޞަވެގެން
ޞަޙީޙް އެތައް ޙަދީސުން ވާ ދަރަޖަތައް ލިބިވަޑައިއެގަތީ
صَلَاةُ اللّٰهِ عَلَى الْهَادِي مَعَ الْأَصْحَابِ وَالْعِتَرِ
صَلَاةً دَآئَمَا الْمِدْرَارِ عَلَى النَّبِيِّ وَآلِهِمٍ
