Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފަލަކީ ރިވެތި މަންޒަރެއް

އަންނަ ޝަޢުބާން މަހުގެ ދެ ވަނަ ދުވަހުގެ ރޭ މޭސަރާހީގެ ދެ ވަނަ ދަރަޖައާއި 10 ވަނަ ދަރަޖައާ ދެމެދުގައި މުސްތަރީއާއި ހަނދާއި ޒުހުރަތު، ރާއްޖެއަށް ހުޅަނގު އުދަރެހުގައި ސަފަކަށް އެތުރުފައިވާތީ ފެންނާނެއެވެ. މި ގޮތުން އުދަރެހާ އެންމެ ކައިރީގައި ހުންނާނީ ޒުހުރަތެވެ. ދެން ހަނދެވެ. ދެން މުސްތަރީއެވެ. އެރޭ ހަނދުގެ ހުޅެވި ފާޅުވާނީ ތިން ވަނަ ދަރަޖައިގެ ހުޅެތްވެއްގެ މިންވަރުގައެވެ. މާހުޅެތްވެއްގެ ގިންތީގެ ތެރޭގައި ހިމެނޭނެއެވެ.

މި ޝަޢުބާންމަހުގެ ހަނދުގެ ހުޅެވިވެސް މާހުޅެވީގެ ސައިޒުގައި ހިމެނެއެވެ. ފަލަކީ ޙިސާބު ދައްކާގޮތުން އަންނަ ޝަޢުބާ މަސް ފެށުމުގެ އެއްއުއި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު މާލޭ ގަޑިން މެންދުރު 12:05 ގައި ކަމަށް ވުމުން، އެ ދުވަހަކީ ހިނގަމުންދާ ރަޖަބު މަހުގެ ފަހު ދުވަސް ކަމުގައިވެ ޖެހިގެން އަންނަ ދުވަހަކީ، ޝަޢުބާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ވެދެއެވެ.

ރާއްޖޭގެ ކަލަންޑަރުގައި އޮންނަނީ ވެސް އެފަދައިންނެވެ.