(ކުޑަކުދީންނަށް)
އަހަރެން އަޒުމު މިކުރަނީ މޮޅު ކުއްޖަކަށް ވެވޭތޯ
ބަހަވީ ގޮތުން ދިވެހި މޮޅު އުސްތާޒަކަށް ވެވޭތޯ
ދިވެހީންގެ ބަސް ދިރޭނޭ ގޮތްތައް މޮޅަށް ބަލައިގެން
ދިވެހީންގެ ރޫހު ދިރުވައި އާލާ އަލުން ވެވޭތޯ
ބޭނުންވި ކޮންމެ އެއްޗެއް ހަމައިން ބަހުގެ ބުނެލަން
ބޭނުން ޢިބާރަތެއްގައި ބުނެވޭނެ ވަރު ވެވޭތޯ
މައްސުނިވެގެން ދިވެހިބަސް އެކިއެކި ބަހާމެ ލާމެހި
އަޞްލުން ބަދަލުވެގެންދާން ފުރުޞަތު ނުދީ ވެވޭތޯ
ނިސްބަތް ބަހަށް ވެވޭތީ އިސްކަން ނިކަން ބަހަށްދީ
ވިސްނައި ބަހަށް އަހުލުވެރި ޖީލެއް ބިނާ ވެވޭތޯ
ފަޚުރެއްކަމަށް ދިވެހިބަސް ހެދުމަށް ފިސާރި ކެރިގެން
އަހުރެންގެ ހިއްވަރުން ގަދަ ޤުރުބާން ތަކެއް ވެވޭތޯ
