...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އަންހެނަކާއި އަލިފާނުގެ ހާދިސާއެއް

އެއްދުވަހަކު ގެއެއްގައި އަލިފާން ރޯވިއެވެ. ދެން، އެގޭ އަންހެން މީހާ، ބޭރުގައި ހުރެފައި، ދުވެފައި ގޮސް އަނދަމުންދިޔަ ގެއަށް ވަނެވެ. އަދި، އޭނާގެ ކުޑަކުޑަ ފިރިހެން ދަރިފުޅު އުރާލައިގެން ބޭރަށް ނެރުނެވެ. ދެން، އަނެއްކާ ވެސް އަންހެން މީހާ ދުވެފައި ގޮސް ގެއަށް ވަނެވެ. މިފަހަރު އޭނާ ނިކުތީ އޭނާގެ ތުއްތުތުއްތު އަންހެން ދަރިފުޅު ގޮވައިގެންނެވެ. ދެން އެކުއްޖާ ވެސް ބޭރުގައި ތިބި މީހުންނާ ހަވާލުކޮށްފައި އަނެއްކާ ވެސް ދުވެފައި ގޮސް ގެއަށް ވަނެވެ. މިފަހަރު އޭނާ ގެއިން ނިކުމެގެން އައީ ގޭގައި މަސައްކަތްކުރަން އުޅޭ ކުއްޖަކު ގޮވައިގެންނެވެ. ދެން އަނެއްކާވެސް އަންހެން މީހާ ގެއަށް ވަނެވެ. ނަމަވެސް، މިފަހަރު އޭނާ ނިކުތީ ހުސް އަތާއެވެ. ދެން ވެސް އިރުކޮޅެއް ކޮށްލާފައި އަނެއްކާ ވެސް އަންހެން މީހާ ގޮސް ގެއަށް ވަނެވެ. ނަމަވެސް، މިފަހަރު ވެސް ގެއިން ނިކުމެގެން އައީ ހުސްއަތާއެވެ.

އަންހެން މީހާގެ އަމަލު ހުރި ގޮތުން ބޭރުގައި ތިބި މީހުން ހައިރާންވިއެވެ. އަދި، އެމީހުން އަންހެން މީހާ ގާތު ބުންޏެވެ. "އިނބަ ފުރަތަމަ ތިން ފަހަރު ގެއަށް ވަދެ އިނބަގެ ދަރިފުޅާއި އަދިވެސް އެހެން ކުއްޖަކު ގެއިން ނެރެ އެކުދިން ސަލާމަތްކުރިއެވެ. ނަމަވެސް ފަހު ދެ ފަހަރު ގެއަށް ވަދެފައި ނިކުމެގެން އައީ ހުސްއަތާއެވެ. އެކަން އެހެންވީ ކީއްވެގެންކަން ބުނެދީފާނަން ހެއްޔެވެ؟"

ދެން، ޖަވާބުގައި އަންހެން މީހާ ބުންޏެވެ. "ފަހު ދެފަހަރު ގެއަށް ވަނީ ފިރިމީހާ އެފުށް މިފުށަށް ޖަހާލާށެވެ!"

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.