
އެ ފެހި ދުންތަރި ފަޒާގެ ތެރޭ ފަތާ ފަލަކެއް ވެޔެއް ނޫންހޭ
އެ، ފަންސާސްހާސް އަހަރުގެކުރިން ފެނުނުކަންވެސް އެނގުނު ނޫންހޭ
ފަޒާ ތަނަވަސްކަމުގެ މިންވަރު ތަޞައްވުރު ނުކުރެވޭނޭކަން
ފަޒާގައި އެ ހިލަ ބުރު އެ ޖަހާ ބުރުގެ މިން އަންގައެއް ނޫންހޭ
ޒަމާނުގެ ވަގުތު އިސްޕީޑާ ގުޅޭ ގުޅުމުގެ ޙިސާބު ތަކުން
ދަމާލާ ފޫޓުފީތާއިން އެނގޭން މިންތައް އޮވޭ ނޫންހޭ
ދެހާސް ތޭވީހު ފެބްރުއަރީ އެގާރައިގައި އެ ހިލަ ދާއިރު
އެހައި ސާފެއް ނުވާނަމަ ވެސް އެކީ މިއްރީޚް ވޭ ނޫންހޭ
ސައިންސާ ފަހުގެ ޓެކްނޮލޮޖީން ފަޒާޔަށް ފާރަވެރި ވާތީ
ސައިންސް ވެރީން އެހެރަ ކަންކަން ބަލައި ހޯދަން މޮޅެއް ނޫންހޭ
ކޮޅެއް ފުންކަމުގެ ނޭނގޭހެން އެނގޭން ކައުނުގެ މިނެއް ނޯވޭ
މޮޅެއް ނޫންކަން އެކަކުވެސް ޢިލްމުގައި އެކަމުން އެނގޭ ނޫންހޭ
އެހެންނަމަވެސް އެނގޭން އޮވެޔޭ ފަލަކަކުންކަން ތަކެތި ފަތަނީ
އެހެން ޤުރުއާނުގައި އޮތުމުން ސައިންސަށް ހެކި ފެނޭ ނޫންހޭ
މިހާރަށް ރޭގަނޑަށް އުތުރުން ހިނގާ ރަތްތަރި އަކީ، މިއްރީޚް
މިހައި މިންވަރު ބަޔާން ކުރުމުން އެ ގިނިހިލަ ހޯދެއެއް ނޫންހޭ
