މިޞްރާބަކަށް ގައުމާއިގެން ދިއުމަށް ހިނގާ އަތުކުރި އޮޅާން
ޙިއްޞާ ވެގެން މުޅި ރައްޔިތުން ގައުމަށްޓަކައި ވީ އިސްނަގާން
ނަފްސަށްޓަކައި އެދިގެން އުޅޭ ހުރިހައި ކަމެއް އަޚުނަށްޓަކައި
ނަފްސަށް އެދޭ ފަދައިން ލިބުން އެދެވޭ ވަރަށް ވީ ރަނގަޅުވާން
އިރުޝާދުފުޅު ކައު މުޞްޠަފާ ދެއްވެވި އެބަސްފުޅު އަޑުއަހައި
ފިރުމާލުމަށް އެންމެންގެ ބޮލު ހިތުގައި ރަޙުމުވީ ގަދަކުރާން
ހަމަކަށަވަރުން މުސްލިމު ތަކުން ދީނީ އަޚުން ކަމުގައި ވުމުން
ހަމަހަމަކަމާއެކު ދިރިއުޅެން ފުރުޞަތު ޖެހޭނޭ ފަހިކުރާން
ނެތުމުގެ ތެރޭން މި ވުޖޫދުގައި ލެއްވެވި ގޮތަށް ނެތިދާ ކަމުން
ދެތުމުގެ އިމުން ދެނެގަނެ އެދުން ތަކުގައި ނުބައިވީ ދުރުވެލާން
މާޒީވެ ދިޔަ ތާނގައި މިތާ ދިވެހީން އުޅުނު އެކުވެރި ގޮތަށް
ޣާޒީ ރަދުންފަދަ މުޞްލިޙުން ދެއްކެވި މަގުން އަދު ވީހިނގާން
އަދުގައި ކޮށައި ދައްކާ މަގޭ އައު ޖީލުތައް ހިނގުމަށް އޮތީ
ބަދުބަސް އެއަށް ނުބުނާނެހެން، މަގުތައް ކޮށާ ވީ ތެދުކުރާން
