...

Support Us

ކޮލަމް ކޯދު: ފަސް އަހަރުން ފަސް އަހަރުން ފެންނަ ހިޔަޅުގެ ދީންވެރިކަން

"ހިޔަޅަށް ދީނެއް އޮންނަކަން، ދުވަހަކު ކޮޅުން ވެސް، ހީކޮށްފި މީހައަށް [ހަގީގަތް] އޮޅި [އެކުރެވުނީ ހަމަ މުޅިން ކުށް ހީއެކެވެ]!"

އާދެ، މޫސުން ނިޔާކުރާ ގޮތުން، ފަސް އަހަރުން ފަސް އަހަރުން، ތިރީގައި އެވާ ލަވަ އިޝާރަތްކުރާ ފަދައިން، މިސްކިތް މިސްކިތް ދޮށުން ރުމާލައި ފަގުޑި އަޅައިގެން އުޅޭ ތަން ފެނުނަސް ވެހެވެ.

އާދެ، މަތީގައި އެވާ މި ބަސްކޮޅަކީ މިސުރުގެ މަޝްހޫރު ޝާއިރު، 'ޅެންވެރިންގެ އަމީރު' މަރްހޫމު އަހުމަދު ޝައުގީގެ ޅެމެއްގެ ބައިތެއްގެ އަޖުޒެވެ. އެ ބަސްކޮޅު އެކުލެވޭ ޅެން، އެ ޅެމުގެ ތަރުޖަމާއަކާ އެކު، ހުށަހަޅާލަމެވެ!

برز الثعلب يوما"في ثياب الواعظينا

ދީނީ ނަސޭހަތްދޭ ނަސޭހަތްތެރިއެއްގެ ހެދުމެއްގައި، އެއްދުވަހު، ހިޔަޅެއް ފާޅުވިއެވެ.

فمشى في الأرض يهذي ويسب الماكرينا

ދެން، މަކަރުވެރިންނަށް އެއްޗެހި ކިޔައި ހާސަރު ދަމަމުން، ބިމުގައި، އެ ހިޔަޅު ހިނގިއެވެ.

ويقول: الحمد لله إله العالمينا

އަދި، ހިޔަޅު ބުންޏެވެ: އާލަމްތަކުގެ ވެރިރަސްކަލާނގެ، މާތްﷲއަށް، ހަމްދު ހުއްޓެވެ.

ياعباد الله توبوا فهو كهف التائبينا

"އޭ މާތްﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތައުބާވާށެވެ! އެކަލާނގެއީ ތައުބާވެ، އެކަލާނގެ ކިބަފުޅަށް ރުޖޫއަވާ މީހުންގެ ހިޔާވެއްސެވެ.

وازهدوا في الطير إن العيش عيش الزاهدينا

ދޫނި [ހިފާ ކެއުމުން، ދުރުހެލިވެ، އެކަމަށް] ނަފުރަތުކުރާށެވެ! ހަގީގީ ދިރިހުރުމަކީ [މިފަދައިން ކަންތައް ކޮށް، ދުނިޔެއަށް] ނަފުރަތުކޮށް، ފުރަގަސްދޭ ޒާހިދުންގެ ދިރި ހުރުމެވެ!

واطلبوا الديك يؤذن لصلاة الصبح فينا

ހާ ހޯދައިގެން އޭތި ލައްވާ އަހަރުމެންގެ ތެރޭގައި ފަތިސް ނަމާދަށް ބަންގި ގޮވަން ބުނާށެވެ!

فأتى الديك رسول من إمام الناسكينا

ދެން، އަހަރުމެންގެ އަޅުވެރިންގެ އިމާމާ [ހިޔަޅު] އޭނާގެ ފަރާތުން، ހާގެ ގާތަށް މީހަކު ދިޔައެވެ.

عرض الأمر عليه ورجاه أن يلينا

އަދި [ހިޔަޅު އެދުނު ކަންތައް] ހާގެ ކުރިމައްޗަށް ހުށަހަޅައި ހާގެ ހިތް މަޑުމޮޅިކޮށް، [އެކަން ގަބޫލުކުރުމަށް ވެސް] އެދުނެވެ.

فأجاب الديك عذرا"يا أضل المهتدينا

ދެން ޖަވާބުގައި ހާ ބުންޏެވެ: "ތެދުމަގު ލިބިގެން ތިބި މީހުންގެ ތެރެއިން މި ތިބަ [މޮޔަ، ހަގީގަތް] އޮޅިފައިވާ މީހުންނޭވެ! މާފުކުރާށެވެ! [ތިކަން އަހަންނަކަށް ނުވާނެއެވެ!]

بلغ الثعلب عني عن جدودي الصالحينا

އަހަރެންގެ ހެޔޮލަފާ ކާބަފައިންގެ ކިބައިން އަހަންނަށް އެނގިފައި އޮތް ވާހަކައެއް އަހަރެންގެ ފަރާތުން ހިޔަޅު ގާތު ބުނެދޭށެވެ!

عن ذوي التيجان ممن دخل البطن اللعينا

[ހިޔަޅުގެ] ލައުނަތް ލެއްވިގެންވާ ބަނޑަށް ވަދެ [ނެތި ދިޔަ]، އޭގެ ބޮލުގައި 'ތާޖު' އެޅިގެންވީ [އަހަރެންގެ ކާބަފައިންގެ ކިބައިން އެނގުނު ވާހަކައެކެވެ.]

أنهم قالوا وخير القول قول العارفينا :

އަހަރެންގެ ކާބަފައިން ބުނެ އުޅުނެވެ؛ އެންމެ ހެޔޮ ވެގެންވާ ބަހީ [ކަންކަމުގެ ހަގީގަތް، ރަނގަޅަށް] ދަންނަ [އަހަރެންގެ ކާބަފައިން ފަދަ] މީހުންގެ ބަހެއް ނޫން ހެއްޔެވެ؟

مخطئ من ظن يوما"أن للثعلب دينا"

'ހިޔަޅުގެ ދީނެއް އޮންނަކަން، ދުވަހަކު ކޮޅުން ވެސް، ހީކޮށްފި މީހައަށް [ހަގީގަތް] އޮޅި [އެކުރެވުނީ ހަމަ މުޅިން ކުށް ހީއެކެވެ]!'

އާދެ، ނަމާދުކުރުމާއި ރޯދަހިފުން ފަދަ، ދީނުގެ ޝިއާރުތައް ހިޔަޅު އަދާކޮށް، ފަގުޑިއެއް އަޅައިގެން ދީނީ ނަސޭހަތް ދިން ނަމަވެސް، ހިޔަޅެއްގެ ހަގީގަތެއް ބަދަލެއް ނުވާނެއެވެ. ހިޔަޅު ވާނީ ހަމަ ހިޔަޅަކަށެވެ! ހިޔަޅުގެ ނަޒަރުގައި އެ ފަދަ ކަންކަން ވެސް، ހިޔަޅުގެ މަގުސަދާ ހަމައަށް ވާސިލުވުމަށްޓަކައި އޮންނަ ވަސީލަތެއް ކަމުގައި، މަގެއް ކަމުގައި، ވާ ފަހަރުފަހަރު ވެސް އާދެއެވެ. އެހެންވެ، ހިޔަޅުގެ މަގުސަދާ ހަމައަށް ވާސިލުމުގެ އެދުމުގައި އެ މަގުން ވެސް ހިޔަޅަށް ހިނގަން ޖެހެއެވެ.

އާދެ، އެންމެ ކުޑަވެގެން، ހާލެއްގެ ސިކުނޑި ލިބިގަނެ، ހިޔަޅުންނަކީ ހިޔަޅުންކަން ފާހަގަކޮށް އެކަން ދެނެގަންނަން ވެއްޖެއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.