މީހަކު ބުނި ވާހަކައެއް މަތީގައިވާ ފޮޓޯއިން ފެންނަން އެ އޮތީއެވެ.
އެއާ ބެހޭ ގޮތުން އެހެން މީހަކު ބުންޏެވެ. މީގެ ހަތަރު އަހަރު ކުރިން ބުނިއްޔަކީ ތިހެންނެއް ނޫނެވެ. އޭރު ބުނީ އެއީ ޕާޓީގައި ހުރި ކަމަށް އެންމެ އެކަށީގެންވާ މީހާ ކަމެވެ. އެންމެ ބުއްދިވެރި، އެންމެ ގާބިލު، އެންމެ ހުނަރުވެރި، އެންމެ ކުޅަދާނަ، އެ އިމާރާތުގެ ތަނބެއް ފަދައިން ނަމަވެސް، ފަންސަވީހަކަށް އަހަރު، މަޖުލީހުގައި އިންނެވި، މުހައްނިކު ސިޔާސީ ލީޑަރު ކަމެވެ. ނަމަވެސް، ހަތަރު އަހަރު ފަހުން ތިޔަ ބުނަނީ އެއީ ހަގީގަތެއް ނޫން ކަމެވެ. އެއީ އޮޅުމެއް ކަމެވެ!
އެހެން ކަމަށްވާ ނަމަ، ޕާޓީގެ އެހެން މީހަކާ ބެހޭ ގޮތުން މިއަދު ބުނާ ވާހަކަ ގަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ހަތަރު އަހަރު ފަހުން އެއީ އޮޅުމަކަށް ނުވެދާނެ ހެއްޔެވެ؟
މީގެ ޖަވާބުގައި އަޅުގަނޑު ބުނާނީ ކީކޭތޯ އަޅުގަނޑު ގާތުން އެމީހަކު އެއްސެވެ. ދެން ޖަވާބުގައި އަޅުގަނޑު ބުނީމެވެ. ހަމަ އެއްގޮތަކަށް ވެސް ތިކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.