Support Us

ވާހަކަ ވިހައިގެން ބޮޑު ކުރެވެނީ ހަސަދަވެރިވެވޭތީ…

ތެދެކެވެ. ދިރިހުރި އިންސާނާއަށް ނޭނގި ބައެއް މީހުންގެ ދޫތަކުން އަނެކުންގެ ދިރިއުޅުމުގައި ނުހިނގާ އެތައް ކަމެއް ހިންގުވާ ނިންމާލައެވެ. ނުކުރާ އެތައް ކަމަކާއި ނުދައްކާ އެތައް ވާހަކައަކާއި ދުވަހަކު އަނގައިން ނުބުނާ މީހަކުގެ ނަމާ ގުޅުވާ އިލްޒާމް އެޅުވުމާއި ނުދާ މާޙައުލުތަކުން ފެނުމާއި ކައިވެނި ކުރުމާއި ވަރިކުރުމާއި މިހެން ގޮސް އެތައް ކަމެކެވެ.

މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމަށް ތިމާ ޝައުގުވެރިވަނީ ހަސަދަވެރިވެވޭތީއެވެ. ރީތި ބަހުން ބުނާނަމަ އަނެކުންނަށް ލިބިފައިވާ ނިޢްމަތްތަކަށް ތިމާއަށް ކެތްނުވަނީއެވެ.

ވިސްނާލަންވީ އަނެކުން ނުކުރާ ކަންކަމުގެ ވާހަކަ ދެއްކުމާ ލޮލަށް ފެނުނު ވާހަކަ ބުނުމާއި ނުބުނާ ވާހަކަތައް ހިފައިގެން ބުންޏޭ ބުންޏޭ ކިޔައިގެން ހިނގުމަކީ ދޮގުހެދުމެވެ.

އެކަމުގެ ގެއްލުން ހުރީ ތިމާގެ ނަފްސަށެވެ. ދެން އެ ދޮގު ވާހަކަތައް ވިހައިގެން ބޮޑުކުރަމުން ފަތުރަމުން ހިނގުމަކީ ދެބައޮޑުވުމެވެ.

ދެބައޮޑުވުމަކީ ތިމާގެ އަޚާގެ މުޅަމަސްކެއުމެވެ. އަޚުންނާއި އުޚުތުންނޭވެ. މީހަކާ ގުޅޭގޮތުން ދޮގު ވާހަކަތައް ފެތުރުމުގެ ގެއްލުން ހުރީ ތިމާގެ އަމިއްލަ ނަފްސަށެވެ.

އަބަދުވެސް ހަނދުމަކުރާށެވެ. އަހަންނަށްވެސް ތިބާއަށްވެސް ލިބިގެންވަނީ ﷲ ދެއްވި ނިޢްމަތެކެވެ. އަހަރެމެންނަށް އޮތީ ހެޔޮ ދުޢާ ކޮށްދިނުމާއި ﷲގެ ހަޒްރަތަށް އެ ނިޢްމަތަށް އެދި ދުޢާކުރުމެވެ.

ހަސަދަވެރިކަން ހިތުގައި ނުވާނަމަ އަނެކުންގެ ޒާތީ ދިރިއުޅުމަކަށް ތިމާގެ ހިތް ޝައުގުވެރިއެއް ނުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *