Support Us

ކޮލަމް ކޯދު: ތަސްވީރެއް ބުނާ ވާހަކައެއް

މި ތަސްވީރު ބުނާ ވާހަކަ އަރަބި އިހުގެ ޅެންވެރިޔަކު އޭނާގެ ޅެމެއްގައި ބަޔާންކޮށްފައި ވެއެވެ. އެ ބައިތާއި އެ ބައިތުގެ މާނަ ލިޔެލާނަމެވެ.

ومهما يكن عند امرئ من خليقة * وإن خالها يخفى على الناس تعلم

މީހެއްގެ ކިބައިގައި ނުބައި ސިފައެއް ނުވަތަ ސިފަތަކެއް ހުރެ، އެކަން އޮތީ ފޮރުވިފައި ކަމަށް ހީކުރި ނަމަވެސް، އެކަން ކޮންމެ ވެސް ދުވަހަކުން އެންމެނަށް ވެސް އެނގި ފާޅުވާނެއެވެ.

އާދެ، ތިމާގެ ކިބައިގައ ނުބައި ސިފައެއް ހުރެ، ކިތަންމެ ވަރަކަށް އެކަން ފޮރުވައިގެން އުޅުނަސް، އެކަން ފަޅާއަރާނޭ ދުވަހެއް އަންނާނެއެވެ. މިސާލަކަށް އަމާނާތެއް ހަވާލުކުރެވިފައިވާ މީހަކު އެ އަމާނާތަށް ޚިޔާނަތްތެރިވެ، އެކަން ފޮރުވުނީ ކަމުގައި ހީކޮށްގެން، ދުވަސްކޮޅަކު ހުރެވުނަސް، އެކަން ފަޅާއަރާނޭ ދުވަހެއް އަންނާނެއެވެ.

ހަމަ އެހެންމެ، މީހެއް، އޭނާގެ ހަގީގަތް ފޮރުވަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް، އޭނާގެ ހަގީގަތް، އަބަދަށް ފޮރުވިފައި ނޯންނާނެއެވެ. އޭނާގެ ހަގީގަތް ފާޅުވެ، ހާމަވާނޭ ދުވަހެއް އަންނާނެއެވެ.