Support Us

ކޮލަމް: ދިނަށަ

އެންމެ ކުޑަ ސައިޒުގެ ފުލްމޫނެއް

މިރެޔަކީ، މި މަހު ހަނދު ފުރިހަމަވާ ރެއެވެ. މިރޭ ފެންނާނީ ސައިޒުގެ ގޮތުން އެންމެ ކުޑަސައިޒާ ދާދި އެއްވަރު ކުޑަހަނދެކެވެ. މިރޭ މާލޭ ގަޑިން މެންދަމުގެ ފަހު 04:06 ގައި 26 ދަރަޖަ 43.7 ދަގީގު އުތުރުގައި ކަރުކަށަ ރާހީގެ ފުނޯސް ނަކަތުގައި ހަނދު ހުންނަ ވަގުތުގައި ހަނދުގެ އަލިކަން ފުރިހަމަ ވެއެވެ.

އެހެނަސް މިރޭގެ ފުލްމޫންގެ ހަނދުވަރު އެހައި ފަރިއެއް ނުވާނެއެވެ. ސަބަބަކީ، މިރޭ ހަނދުގެ ސައިޒު ކުޑަވެފައި އިރުވައި މޫސުމުގެ ހަޅައިގެ ދުވަސްވަރުގައި ރާއްޖޭގެ ޖައްވަށް ފޯރާ ނުސާފު ފުސްކަމުގެ ސަބަބުންނެވެ. ހަނދު ފެންނާނީވެސް ފަނޑުހިޔަނިކޭތަ އެއް ހިފާފައި ހުންނައިރު ހަނދުފެންނަ ފަދައިން ހަނދުގެ ފުރިހަމަ އަލިކަމަށް ފަނޑުކަމެއް ވެރިވެފައި ހުންނަ ގޮތަށެވެ.

މާދަމާރޭ (ޖަނަވަރީ 7) ގައި ފެންނާނީ ސީދާ "މަައިކްރޯމޫން" އެކެވެ. މިޖަނަވަރީ މަހުގެ 07-10 ވަނަ ދުވަހުގެ ނިޔަލަށް ހަނދު ފެންނާނީ އެ ސައިޒުގައެވެ. ހަނދުގެ އަލިކަން ފާޅުވާނީ ވެސް ހަނދަށް ރަންކުލަވަރެއް އަރާފައި ހުންނައިރު ހުންނަ ޒާތުގެ ކުލައެއްގައެވެ.

މިއަދު މާލެއަށް ހަނދު އުދަވަނީ 17:44 ގައެވެ. ހަނދު މެދަށް އަންނާނީ މިރޭ 00:06 ގައެވެ. ހަނދު އޮއްސޭނީ މާދަމާ ހެނދުނު 06:28 ގައެވެ.