ތައުބާވުމޭ އޮތް ހެޔޮގޮތީ ކުރެވޭ ކުށަށް ގިސްލާ ރޮމުން
ފައުޅާއި ސިއްރުގެ ކުށްކުށާ ގޯސްކަންކަމަށް ބިރުވެތިވަމުން
އާދަމުގެފާނުން ސުވަރުގޭން ބޭރުވި ކުށުގެ ޒާތުން އެއީ
އާދައިގެ ކުޑަ ކަމަކަށް ނުވޭ ތައުބާ އެއަށް ލެއްވެވިކަމުން
قُلْنَا اهْبِطُوْا ގެ އަމުރުފުޅުން އިސް އަމުރުފުޅު ބިރުވެރިމެޔޭ
قُلْنَا اهْبِطُوْا ގެ ދެވަނަ އަމުރުފުޅު ލެއްވިޔަސް އުއްމީދަކުން
މުއުމިނު ތަކުން ހައްލައިލުމަށް ނުލަފާވި އިބްލީސް ގަދައަޅައި
މުއުމިނު ތަކުންގެ ހިތަށް ނުބައި ވިހަލާނެޔޭ ވަސްވާސްތަކުން
އިންސީންގެ شَيْطَانُން އެނގޭން ނެތްކަން ހިތާމަ ކުރާންޖެހޭ
ޖިންނީންގެ شَيْطَانُން ގޮތަށް އެވެރިން ދެޔޭ ވަސްވާސް ދެމުން
އެދުމަށް އަމިއްލަ ތަބާވެވޭ ދުނިޔޭގެ ދަޅަޔަށް ލެނބެވިފައި
ރެނދުލައި ޢަޤީދާ ފުނޑުވުމާ އީމާން ހިތުގެ ބަލިކަށިވުމުން
ދެއްވެވި ބޮލުގެ ބޭނުންހިފައި ލެއްވެވި ލޮލުން ރަނގަޅަށްބަލައި
ހެއްލުންތަކަށް ހުސިޔާރުވެވި ތައުބާވެ ދާންވީ ތެދުމަގުން
ނޯޓް:
3 ވަނަ ބައިތުގެ ޞަދުރު: ސޫރަތުލް ބަޤަރާގެ 37 ވަނަ އާޔަތް.
3 ވަނަ ބައިތުގެ އަޖްޒު: ސޫރަތުލް ބަޤަރާގެ 38 ވަނަ އާޔަތް.
5 ވަނަ ބައިތުގެ ޞަދުރާއި އަޖްޒު: ސޫރަތުލް އަންޢާމުގެ 112 ވަނަ އާޔަތް.
