ޙައްޤާއި ބާޠިލް ވަކިކުރާ ފޮތަކީ ޔަޤީން ޤުރްއާން ކަރީމް
މައްކީ ނަބިއްޔާއަށް ވަޙީން ތަންޒީލުވީ ޤުރްއާން ކަރީމް
ކުރިޔާއި ފަހަތުން ބާޠިލެއް އަމުދުން އައުން އެފޮތަށްނުވާ
ހުރިހައި މިސާލުތަކާ ޙުކުމްފުޅު ތަކުގެ ފޮތް ޤުރްއާން ކަރީމް
ކައުނާ ފަޒާ ހޯދާބަލައި ރައްބީގެ ޢަޤްލީ ހެކިތަކުން
ތަޢުބީރުކޮށް ﷲ ދެނެގަނެވޭ ފޮތޭ ޤުރްއާން ކަރީމް
ފަލަކާ އެތާނގައި ދައުރުވާ ގުރަހައިގެ ހުރިހައި ތަރިޔަކާ
ނަލަކަން އެއީ، ހެކިކަން ބަޔާންވާ މާތްފޮތޭ ޤުރްއާން ކަރީމް
ހިޔަނީގެ ދެމުމާ ކުރުވުމާ އެނބުރޭ ދިމާޔާ ބިއްބިތާ
ނިޔަމީންގެ ޢިލްމަށް ލެއްވިކަން އެންގެވި ފޮތޭ ޤުރްއާން ކަރީމް
އަހަރާ ވަޤުތު މައްސަރުތަކާ ވިޔަކޮށް ބެލޭ އަސްބާބުގައި
ނަހަމައިގެ ޒައްރެެއް ނެތްކަމުގެ ހެކި ހުރިފޮތޭ ޤުރްއާން ކަރީން
ހަނދުގައި ވަށައިގެން އެނބުރެމުންދާ ހުޅެވި އެނބުރޭ އެނބުރުމުން
ހަނދުމައްސަރާ ޙައްޖުގެ ވަގުތު އަންގައިދެޔޭ ޤުރުއާން ކަރީމް
ކިޔަމަންވެ ބޯލެބި އަޅުތަކުން ﷲ ކަށަވަރު ކުރުމުގައި
ހިޔަހިޔަ އެތައް ޢަޤްލީ ދަލީލެއް ހޯދި ފޮތް ޤުރްއާން ކަރީމް
