ތުއްތު ކުއްޖަކު އޭނާގެ މަންމަ ގާތުގައި އަހައިލި އެވެ. "މަންމާއެވެ. ހޫރު ޕަރީންނަކީ ކޮބައި ހެއްޔެވެ؟"
އެހިނދު އެ ތުއްތު ކުއްޖާއަށް ވިސްނޭނެ ފަދަ ގޮތަކަށް ޖަވާބު ދެމުން މަންމަ ބުންޏެވެ. "ދަރިފުޅާ އެވެ. އެއީ ފިޔަޖަހާފައި އުދުހި އުޅޭ, އިންސާނުންނާ ވައްތަރު ބައެކެވެ. ރީތިކަމުގެ ލާމަސީލު ބައެކެވެ. އެކަމަކު ދަރިފުޅު ތި ސުވާލު ތިޔަކުރީ ކީއްވެހެއްޔެވެ؟"
އެހިނދު އެ ތުއްތު ކުއްޖާ ބުންޏެވެ. "މަންމާއެވެ. މިއަދު ސެކެއްޓްރީ ގާތުގައި ބައްޕަ ބުނުއްވި އަޑު އަހުރެން އެހީމެވެ. ތިބާ ހީވަނީ ހޫރު ޕަރީއެއްހެނެވެ. އެކަމަކު މަންމާއެވެ. ސެކެއްޓްރީ ނުއެއް އުދުހެއެވެ."
އެހިނދު މަންމަ ބުންޏެވެ. "މަގޭ ލޯބިވާ ދަރިފުޅާއެވެ. ތިބާ ޔަޤީން ކުރާށެވެ. މިއަދު ތިބާގެ ބައްޕަ އާއި ސެކެއްޓްރީއާ ދެމީހުން ވެސް "އުދުޙޭނެ" އެވެ."