ރިޔާސީ ވެރިކަމެއް ކުރުމަށް ނުވާނޭ ބާރުތައް އެއްވާން
ކިޔާ ލަވަޔާ ޖަހާ ބެރުގައި، ޖެހޭނޭ ތާލުތައް ވަކިވާން
ބަޔާންކޮށް ސާފު ދިވެހިބަހުން ވަނީ ދުސްތޫރުގައި ލިޔެފައި
ސިޔާސީ ފިކުރުގައި ނަމަވެސް ނުވާނޭ ބާރު އެއްކޮށްލާން
ލިބޭހައި ގެއްލުމެއް އޭރުން ލިބޭނީ ރައްޔިތުންނަށެ ދެން
ލިބޭމަންފާ ތަކެއް އެވެގެން އެކަން އެގޮތަށް ނުވާނެ ކުރާން
އެހެން ކަންތައް ވުމުން تَحْكِيْمُ ބާރު ވެދާނެޔޭ ބަލިކަށި
އެހެން ކަންތައް ބަދަލުކޮށްފައި ހަޅޭކުން ކަން ނުވާނެ ފޮޅާން
އެފަަދަކަންތައް އެހެން ނުކުރަން އަތުން ޤާނޫނުގައި ލިޔެފައި
އެފަަދަ ކަންތައް އެއަށް ފަހުގައި ކުރާއިރު ވާނެޔޭ ވިސްނާން
ވެޔޭ މާޒީވެފައި މަޖިލިސް، އެކަނި އާނބަސް ބުނާ ތަނަކަށް
އެޔޭ ބޭނުން ނުވާ ގޮތަކީ، އިޢާދަ އެކަން ނުވާނެ ކުރާން
މަހަކު އައްޑިހަ އެތައް ހާހެއް މުސާރަ މިއަދު ދެވޭހިނދުގައި
ނަހަމަ އެއްވެސް ކަމެއްކުރުމަށް ނުވާނޭ އަތްދެނެއް އުފުލާން
އިމުން ސަރުކާރު ބޭރުވުމުން މަގަށްއަޅުވަން އޮތީ މަޖިލިސް
ނިމުންއެކަމަށް ގެނެސްދޭންއޮތް ތަނަށް މަޖިލިސް ޖެހޭނޭވާން
ރިވެތި އަޚުލާޤު ހުރުމާއެކު ބަހާޢަމަލާ އަބުރު ގައިވެސް
ދިވެހި ރާއްޖޭގެ މުޖްތަމަޢަށް ނަމޫނާ ވާނެޔޭ ދައްކާން
