ވާނެނަމަ މުސްލިމް މެސީމެން ހާދަހާ ލިބި ހެޔޮނަސީބު
ވާނެޔޭ ފިރުދައުސުގައި ރަޙްމަތުގެ މޭވާ ލިބި ނަސީބު
އާރަކުން މާމުއިގެ ފިނި ފޮނި ލުއި ބުއިން ލިބުމުގެ ނަސީބު
ބާރަކާ ނުމެލައި ލިބޭނޭ މަންނަޔާ ސަލްވާ ނަސީބު
ބޯޅަ ކުޅުނަސް ފޯރި ނެގިއަސް ދީނުގައިވާ ތެދުމަގުން
ގޯލު ޖެހުމަށް ބާރު ލާނަމަ ލިބިދެޔޭ ނަސްރާ ނަސީބު
ވަގުތުޖެހުމުން ކޮންމެ އަޅަކަށް އަންގަވާ ފަދައިން މިދީން
މަގުފުރެދި ނުމެގޮސް ރޮނާލްޑޯ އަށް ލިބޭނޭނަމަ ނަސީބު
ބޯޅަ ބެލުމަށް ތިއްބަކަސް ޖެހުމުން ވަގުތު ކުރުމަށް ނަމާދު
ގޯލު ޖެހުމުން އަތްޖަހާށޭ ދެއްވުމަށް އެދި ހެޔޮ ނަސީބު
ރަންޒަމާނުގެ އެކި ހަނދާންތައް އާވެޔޭ ފުޓްބޯޅައިން
ނަންވިދާ އެތަކެއް ތަރިން މިބިމުން އުފެއްދިޔެ ލިބިނަސީބު