ޤުރުއާން ދިރާސާކޮށް ނުލައި، ކިހިނެއްތަ ހިތް ހުޅުވޭ ހުށީ
ފުރުޤާން ފަރަޤުކޮށް ދޭ ފަރަޤު، ވަކިކޮށް ފަހުމު ކުރެވޭ ހުށީ
ވިސްނާ ފިކުރު ކުރުމާނުލައި ކުޅަޔަސް ތިލާވަތު ނުފުދެޔޭ
ޙިއްޞާ އިލާހީ ވާޖިބުގެ، ކިހިނެއް އަދާ ކުރެވޭ ހުށީ
އަޙުކާމުތައް ފިޔަވައި އެތައް، ވާހަކަ މިސާލާ އެކުވެޔޭ
ފަހުމަށް އެކަން އިޙުސާސް ނުވެވި، ނަފައެއް އެއިން ލިބެވޭ ހުށީ
ކުރިޔަށް އަރައިދާ ދިއުމުގައި، ހޯދޭ ޙަޤީޤީ ޢިލްމުތައް
ހުރިހައި ދިރާސާތައް ވިޔަސް، އަޞްލާ އަޅައި ބެލެވޭ ހުށީ
ކައުނާ ފަޒާގައި ލެއްވިހައި، ތަކެތީގެ ޢިލްމާއެކު އެނގޭ
ދައުރާނަ ވުންތައް ވިޔަކުރެވި، ތަސްބީޙަ އެއް ކިޔެވޭ ހުށީ
ދެން، އާލު ޢިމްރާނަގެ ވިމާާތް އެއްސައްތަ ނުވަދިހައިގެ އެކެއް
ހެން، ސައްތަ ނުވަދިހަ ދޭއް، ތިނެއް، ޢިލްމެއް ފަހުމު ކުރެވޭ ހުށީ
މުސްލިމް އަޚުން އުޚުތުން، ނިކަން އައްސަވަ ނަސޭހަތަކަށްމިޅެން
ރުއްސެވުމުގައި ފުރުޞަތު ބޮޑަށް، މިކަމުން ޔަޤީން ލިބެވޭ ހުށީ
