Support Us

ކޮލަމް ނާރެސް: ކީރިތި ރަސޫލާގެ ވަޞިއްޔަތްތަކުގެ ތެރެއިން…

ތިރީގައި މިވަނީ ކީރިތި ރަސޫލާ ﷺ އަބުއްދަރުދާއަށް ކުރެއްވި ވަޞިއްޔަތްތަކުގެ ތެރެއިން މުހިންމު ބައިތަކެވެ.

  • ތިބާގެ ހަށިގަނޑުގެ ގުނަވަންތައް ކޮށާ ބުރިބުރިކުރި ކަމުގައި ވީނަމަވެސް މާތް ﷲ އަށް ޝަރީކު ނުކުރާށެވެ.
  • ގަސްތުގައި ނަމާދު ދޫކޮށްނުލާށެވެ. ގަސްދުގައި ނަމާދު ދޫކޮށްލާ މީހާގެ އެކަލާނގެ ޒިންމަތުން ބަރިއްޔަވެގެން ވެއެވެ.
  • ރާ ނުބޯށެވެ. އެއީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިއެވެ.
  • ތިބާގެ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރާށެވެ. އެއީ ތިބާ މި ދުނިޔެ އަޅާފައި ދާން ބުނިކަމުގައި ވިޔަސް މެއެވެ.
  • ވެރިމީހާއާ ދެކޮޅުވެރިނުވާށެވެ. އެއީ ވެރިމީހާ އަކީ ތިބާ ކަމުގައި ފެނުނު ކަމުގައި ވިޔަސް މެއެވެ.
  • ހަނގުރާމައިގެ މައިދާނުން ފިލަން ނުދުވާށެވެ. އެއީ މައިދާނުގައި ތިބާ އެކަނި ހުންނަން ޖެހުނު ކަމުގައި ވީނަމަވެސް މެއެވެ.
  • ތިބާގެ ތަނަވަސްކަމުން ތިބާގެ އަހުލުވެރިންނަށް ހޭދަކުރާށެވެ.
  • ތިބާގެ އަހުލުވެރިން ތިބާގެ ހިޔާވަހިކަމުން ދުރުނުކުރާށެވެ.
  • މާތް ﷲގެ ބިރުވެރިކަން އެމީހުންގެ ހިތަށް ވައްދާށެވެ.