Support Us

ދިވެހި ޝާޢިރިއްޔަތު މަރުވެގެނެއް ނުދެއެވެ! 

ގަހާގެހި ބުޑުތަކުން ކުރިލައި، އަލުން ދިރިގެން ހެދެން ފަށަޔޭ
ފަހާ ކިސަޑަށް ފެނުން ތެތްކަން، ލިބޭ ވާރޭ ވެހެން ފަށަޔޭ

ދިނަށަލައި ގަންނަ ކޮންމެ ހިނދެއް، މިބިން ހަނަފަސްވުމަށް ފަށަޔޭ
ވިނައިގެ ގަހެެެއް ވިޔަސް ހޫނުން، އެ މޫސުމު މަރުވެދާން ފަށަޔޭ

ގަހާގެއްސަށް ދިރުން އެހެނަސް، އަލުން ލިބި، ބިން ދިރޭން ފަށަޔޭ
ބަހާރުގެ ފެހިވި ތާޒާކަން، ލިބޭގޮތް ވާން ފަހުން ފަށަޔޭ

އޮތަސް ވަޅުޖެހި އޮށެއް ކުޑަވެސް، ފަޅަން ހަމަ އެހިނދުގައި ފަށަޔޭ
ގޮތަށް ގަދަޔަށް ހެދޭ ގަސްގަސް، ތަކުންބުޑު ކުރި ފަޅަން ފަށަޔޭ

ބިމުގެ ދިރުމަށް ނިމުން ލިބިފައި، ނުވާކަން ފާޅުވާން ފަށަޔޭ
އިމުގެ ރާއްޖޭގެ ހުރިހައި ރަށް، ފެހިން މަލަ ފާޅުވާން ފަށަޔޭ

މަލާމެލި ރީތި ކުލަ ކުލައިން، އަލުން ފޮޅި ފަރިވެލަން ފަށަޔޭ
ބަލާ މީހުންގެ ހިތްތަކުގައި، އުފާ ވެރިކަން ފޮޅެން ފަށަޔޭ

މަލުން ފޮނި ބޯން ކޮކާ މާބުރު، ބަޅިނދު އުދުހޭން ނިކަން ފަށަޔޭ
އަލުން ނަލަ ރޯޅި މީރު ވަހުން، ފަޒާގައި ހުވަނދު ލާން ފަށަޔޭ

ރިވެތި ރާގުން ސަރިންދާ ފުމެ، ދިވެހި ލަވަތައް ކިޔެން ފަށަޔޭ
ދިވެހި އަދަބީ ބިމަށް މަރުވުން، ނުވާކަން ސާފުވާން ފަށަޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *