Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ޅެމާއި ވަޒަނާއި ރާގު

ޅެމަކީ، ވަޒަނެއްގެ މައްޗަށް ބަސްތައް އެތުރޭ ބާވަތަކާއި ސާދަ ޖުމްލައިގެ މައްޗަށް ވެސް އެކުލަވައިލެވޭ ޝުޢޫރީ ބާވަތެކެވެ. ޅެމަކަށް ރާގު ގެނައުމަށްޓަކައި ޅެމުގެ ބަސްތައް ލިޔާ މިޔުޒިކީ ހަމައެވެ. އެއް ރާގެއްގައި އެއް ވަޒަނެއްގައި އެތައް ޅެމެއް ހުރެއެވެ.

ރާގުގެ ގޮތުން ނުވަތަ ވަޒަނުގެ ގޮތުން ތަފާތެއް ނެތަސް ކޮންމެ ޅެމަކީ ވެސް އޭގެ ޒާތުން އަމިއްލަވަންތަ ޅެމެކެވެ.

ދިވެހީން ޅެންހަދާ މަޝްހޫރު ވަޒަނެއް ކަމުގައިވާ "ހޯދާބަލާށޭ ހޯދަމާ، ހޯދާބަލާށޭ ހޯދަމާ" މި ވަޒަނުގައި، "ހުރިކަންތަކާ ދުރުވާށެޑަރު، ބުރިކަށިމަތިން ބާލާށެބަރު" މި ޅެން ބިނާވެފައި ވެއެވެ. އެކަމަކު އެ ވަޒަނުގައި، "ކަނޑުގުރުވަ ނޫނިއްޔާ ނުކާން ހިތްވަރުކުރޭ އެބަ މާކަނާ" މި ދެ ޅެންވެސް އެ އޮތީ އެއް ވަޒަނުގައެވެ. އެކަމަކު އެ ދެޅެން ކިޔާފައިވަނީ ތަފާތު ދެ ރާގެއްގައެވެ. އެކަމަކު އެއް ރާގެެއްގައި ވެސް އެ ދެޅެން ކިޔޭނެއެވެ. ރާގަކީ ޅެން ކިޔާ މީހާގެ ނުވަތަ ޅެމެއް ކިޔުއްވާ ބައެއްގެ ޚިޔާރީ ކަމެކެވެ.

ވަޒަނާއި ރާގު އެއްގޮތް ވިޔަސް އެއް ޅެމުގެ ބަސްތައް އަނެއް ޅެމަށް ނަގުލު ކޮށްފައި ނުވާނަ އެއް ވަޒަނުގެ ދެ ޅެމަކީ އެ ދެ ޅެމުން ޅެމެއްގެ ކޮޕީއެއް ނޫނެވެ. ޢެ ދެ ޅެމަކީ ވެސް އަމިއްލަ ވަންތަ ދެ ޅެމެވެ. ކޮޕީ ޅެމެއް ނޫނެވެ. އަދި ސީދާ އެއް ރާގުގައި ކިތަންމެ ޅެމެއް ހެދިފައި ހުރި ނަމަވެސް ރާގުގެ ގޮތުން އެއްގޮތް ވުމަަކީ އެއް ޅެމުގެ ކޮޕީއަކަށް އަނެއް ޅެން ވުމެއް ނޫނެވެ.

ޢާއްމުކޮށް ޅެންވެރީން ޅެން ހަދާ ވަޒަންތަކުގެ ގޮތުން ގިނަ ޅެންތަކަކީ ރާގުގެ ގޮތުން އެއްގޮތް ވެފައިވާ ޅެން ތަކެކެވެ. އެހެން އެކަންކަން ހުރުމުން، ރާގަކުން ނުވަތަ ވަޒަނަކުން އެއްގޮތްވުމަކުން އެއް ޅެމަކީ އަނެއް ޅެމުގެ ކޮޕީއެއް ކަމުގައެއް ނުވާނެއެވެ.