...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދީލަތި ފިރިމީހާ

އެ ކަނބުލޭގެ ގަބޫލުކުރާ ގޮތުގައި އޭނާއަށް އިނދެވުނީ އެންމެ މުއްސަނދި ފިރިހެނާއާއެވެ. އެއްދުވަހު، ފިރިމީހާ ބޭރުގައި ވަނިކޮށް، ފިރި މީހާއަށް، އަނބިކަނބުލޭގެ ފޯނުކުރިއެވެ.

އަނބިކަނބުލޭގެ: ކަލާ ހެއްޔެވެ؟ ތިހުރީ ޖިމްގައި ހެއްޔެވެ؟ އަހަރެން މިއުޅެނީ ބާޒާރުގައެވެ. މިހުރީ ސުޕަރ މާކެޓެއްގައެވެ. ވަރަށް ރީތި ހެދުމެއް ފެނިއްޖެއެވެ. އަގަކީ 2،000 ޑޮލަރެވެ. ގަނެލިޔަސް ހެޔޮ ހެއްޔެވެ؟

ފިރިހެން މީހާ: އާނއެކެވެ! މިހުރީ ޖިމްގައެވެ. ތި ހެދުން ގަނެލިޔަސް އެންމެ ރަނގަޅެވެ!

އަނބިކަނބުލޭގެ: އަދި، ވަރަށް މީރުވަސް ދުވާ ސެންޓު ފުޅިއެއް ވެސް ފެނިއްޖެއެވެ! އަގަކީ 1000 ޑޮލަރެވެ. ގަނެލިޔަސް އެންމެ ރަނގަޅު ހެއްޔެވެ؟

ފިރިހެން މީހާ: ގަޔާވަންޏާ ގަނެލާށެވެ!

އަނބިމީހާ: ވަރަށް ރީތި ދަބަހެއް ވެސް ލޮލުގައި އަޅައިގެންފިއެވެ. އެއީ ޚާލިސް ހަރުފަ ހަމުގެ ދަބަހެކެވެ. އަގަކީ 2،500 ޑޮލަރެވެ. އިއުތިރާޒެއް ނެތް ނަމަ ގަނެލަން ހިތަށް އަރައެވެ!

ފިރިހެން މީހާ: ގަނެލާށެވެ! އެއްވެސް މައްސަލައެއް ނެތެވެ!

އަނބިކަނބުލޭގެ: ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! ފަހުން ގެއިން ބައްދަލުވުމުގެ އުފަލުގައި ވަކިވެލަމެވެ! އަދިވެސް އެއްފަހަރު، ޝުކުރިއްޔާއެވެ!

ފިރިހެން މީހާ: މަރުހަބާއެވެ!

ޖިމްގައި ތިބި އެންމެންނަށް ވެސް ފޯނުގެ ވާހަކައިގެ އަޑު އިވުނެވެ. އަދި، ވަރަށް ވެސް ހައިރާންވެ އަންތަރީސްވިއެވެ. ފިރިހެން މީހާއަކީ މުއްސަނދި މީހަކަށް ވީމައެއް ނޫނެވެ. އޭނާގެ ދީލަތިކަމުންނެވެ.

ދެން، ފޯނު އުފުލާލާފައި، ހައިރާންވެ، އަނގަ ހުޅުވިފައި ޖިމްގައި ތިބި އެންމެނާ މުޚާތަބުކޮށް ފިރިހެން މީހާ އަހާލިއެވެ. މިއީ ކާކުގެ ފޯނެއް ހެއްޔެވެ؟ މިތާ އޮއްވާ ރަނގަބީލުވީމައި އަހަރެން ފޯނުނަގައި ފޯނަށް ޖަވާބު ދިނީއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.