ފަހުމުވެރިކަން ނެތި ނަގާ ސަނަދެއްގެ މަންފާއެެއް ނެތޭ
ވަހުމަކާ ނުލައެއް ކަމެއް ތެދުވާ ވަރަށް އެނގިފައި ނެތޭ
ދުނިޔެއަށް ﷲ ލެއްވެވި ތަކެތި ދިރި ތިބެވޭނެކަން
އުނިކަމުން ބުއްދީގެ ދޭހަވެވޭނެ ފަދަ ފިކުރެއް ނެތޭ
ދިރިއުޅެން ބިމުގައި ބިމުގެވެރި ރައްބު ލެއްވެވި ތަކެތިވެސް
ހިރިނުލައި ތިބެގެންމެނޫނީ ދިރި ތިބޭނެ ގޮތެއް ނެތޭ
ރިޒުގަކީ ހަމައެކަނި އިންސާނުންގެ ކާނާ އެކެ ހިތާ
އިޒުނައެއް ހައިވާނަކަށް ކާންދޭން ދެވޭ ވެރިއެއް ނެތޭ
ފުރޮޅުލީ ބިޔަ ގޮނޑިގޮނޑީ ތިބެގެން ކުރާ މަޖިލީސްތަކުން
ފުރޮޅިގެން އަޚުލާޤު މައްޗަށް ގައުމުތައް ދިއުމެއް ނެތޭ
ފޭވަނީ ދީނުގެ އުޞޫލާ ރީތި ހަމަޔާ ގޮތްގޮތޭ
ފޭވަނީ ދީނުގެ ޢަޤީދާ ނޫން ކަމެއް ފަހުމެއް ނެތޭ
ޙައްޤުބަސް ވެރިއެއްގެ އަރިއަހު ދަންނަވާން ލަދުވެތިވިޔަސް
ބައްލަވައި ގަންނާން މުސާރަ ދެއަތް ފެޔަށް ލެވިފައި ނެތޭ
ވާގޮތާ ވީގޮތްގޮތާ ދަނެ ފަހުމު ކޮށްގެން ގައުމުތައް
ދާގޮތާމެދު ބުއްދިކޮށް ސީދާ ކުރާނެ ބޮލެއް ނެތޭ
