...

Support Us

ހާދަ ރަނގަޅުވީހެވެ!

(ބަސް ނޭހުމުގެ ނަތީޖާ)

ފައިދާ ލިބޭ ގޮތުގައި ހިފަން، ވޭތުވި ވަޤުތު އަންނާނެނަމަ
ލައިދޭން ނަސޭހަތް މައިންބަފައިން، އަދި ދުނިޔެއަށް އަަންނާނެނަމަ

އަހަރެން މިއީ، އުންމީދަކަށް، ދެކެ މަންމަމެން ޤުރުބާން ވިއިރު
އަހަރެން ކިބައިން އެދެމީހުނަށް، ޙާޞިލް އެކަންކޮށް ދެވުނުނަމަ

ރޭގަނޑުގެނިދި ދޫކޮށްމުޅިން، އަހަރެން "ރަމަތަ" ކުރުމަަށްޓަކައި
ގޭގައި އެކަނިއިން މަންމަޔަށް، ހިނިތުންވުމެއް ވެސް ދެވުނުނަމަ

އަތްވާ ވަޔާ ވާރޭ ތެރޭ، ކަނޑުފަޅު ތެރޭ ފީނައި ހަދައި
އަތްފައި ކޮށައިގެން ބައްޕަކުޅަ، ބޮޑު ހޭދަ ވިސްނައި ލެވުނުނަމަ

ޢިލްމާ ހުނަރުގައި މޮޅުކުރަން، އިސްކޫލަކަށް ލައިގެން މަށަށް
ޙިލްމާ ހުނަރުގައި ކުރިއަރަން، ފަހިކުޅަ މަގުން ހިނގިފައިވިނަމަ

ދަތި ޙާލުގައިވެސް މަންމަމެން، ލޯލާރި ފޮއްޗެއް އަތު އޮތަސް
ކަތި މަގުތަކުން ނުދިއުން އަދައި، ދިންކަން ހިތަށް އިޙުސާސްވިނަމަ

ވިސްނާނުލައި އެހެނަސް ނުކުމެ، ހޯދުނު ބަޔަކު ބުނިގޮތް ހަދައި
މިޞްރާބު ބައްޕަގެ ދޫކޮށްނުލައި، އެމަގުން މަށަށް "އަޅެ" ވުނުނަމަ

ފިރުމާނެ މީހަކު ނެތް އަދަކު، މާޒީވި ފިލްމު ބަލައި ރޮވޭ
ދިރިހުރުމަކީ ގަދަ ވޭނަކަށް، ވާގޮތްގޮތަށް ނޫޅެވުނުނަމަ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *