Support Us

ކުށްވެރިޔަކީ ތިބާ…

ﷲސުބްޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް ކިޔަމަންވާ ސާލިޙު އަންހެނަކަށް ކިތަންމެ ނުބައި ނުލަފާ ފިރިއެއް ލިބުނު ނަމަވެސް މަގު ގެއްލި ނުދާނެކަން ހެކިދެނީ ފިރުއައުނުގެ އަންހެނުން އާޝިޔަތުގެ ފާނު ދިރިއުޅުމުންނެވެ. އާނާއި ޝާނާއި މުދަލާއި ޖާހަތުން ފިރިއައުނަށް އެކަމަނާ ބަދަލުނުކޮށްލެވުމީ އުއްމަތުގެ އަންހެނުންނަށް ދެއްކެވި މިސާލެކެވެ.

އަނތްބެއްގެ ޖާހިިލިއްޔަތު ކަމުން ﷲއަށް ކިޔަމަންވާ ފިރިހެނަކު މަގު އޮޅި ނުދާނެކަން ލޫތު ޢަލަޢިހި ސަލާމްގެ ހަޔާތް ޕުޅުން ހެކިދެއެވެ.

ޝައިތާާނާގެ ހެއްލުމަށް ގެއްލި މަގު ގެއްލުނު ނަމަވެސް އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރެވިފައިވާ ދަރިއަކު ހެޔޮ މަގަށް ރުޖޫޢަވާނެއެވެ.

އޭރުގައި މައިންބަފައިންނަށް ހެވާއި ނުބައި ނޭނގުނަސް އަދު ކޮންމެ މީހަކީ އިލްމު ހޯދޭނެ އަދި ހެވާއި ނުބައި ދަސްކުރެވޭނެ މީހެކެވެ.

ކައިވެންޏަށްފަހު އަމިއްލަ އާއިލާއަށް ހުތުރު ބަސްބުނެ މައިންބަފައިން ހިތުގައި ޖެއްސުމަށްފަހު އަނބި މީހާގެ ސަބަބުން ގޯސްވީއޭ ބުނާއިރު ހުދު ތިމާއަށް ދަސްކޮށްދިން ހެވާއި ނުބައި ކޮބާހެއްޔެވެ؟

އާއިލީ މައްސަލަތަކަށް އޮތީ ތިމާގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ކަމާއި ދަތި އުނދަގޫ ވަގުތު ކެތްކުރަން ދަސްނުވާ އަނބި ހަޔާތަށް ގެނެވުނީ ތިމަންނާގެ އިހްމާލުންކަން ދަންނާށެވެ.

ވާހަކަތައް ހިފައިގެން ހިނގާއިރު ގޯސް އަންނަނީ ތަރުބިއްޔަތުގެ އިހްމާލަކުންނެވެ. ނޫނީ އަމިއްލަ ހަމަ ބުއްދީގެ ބޭނުން ނުހިފި އަނެކުން ކޮޕީ ކުރަން ހަދައިގެންނެވެ.

ފަސް ވަގުތު ﷲގެ މަގަށް ރުޖޫޢަވާ އިންސާނަކަށް ދިރިއުޅުމުގެ ހުރިހާ ހާލަތެއްގައިވެސް މާތްﷲ މަގުދައްކަވާނެއެވެ.

ގޯސް ކަންކަމާއި އުނި ސިފަތަކުގެ އިންސާނާއަކީ ޚާލިގުވަންތަ ﷲ އިމްތިޙާނެއްގެ ގޮތުން ތިމަންނާގެ ހަޔާތަށް އައި މީހެއްކަން ގަބޫލު ނުކުރެވޭ މީހަކަށް ހެޔޮ އެއްގޮތެއްވެސް ނޯންނާއެވެ.

ދެންވެސް ބުނެވެނީ ހަޔާތުގެ ކޮންމެ ފަލްސަފާއެއްގައި ގޯސް އަންނާނީ ތަރުބިއްޔަތާއި އަމިއްލަ އިޙްމާލުން ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *