...

Support Us

ހުވަނީގެ ވަބާ

ގޮވާމުން މަތިވަރެއް ނުލިބޭ، ސަލާމަތަކުން ހުވަނި ކާތީ
ގޮވާންކުޅަ ދަނޑުތަކަށް މިވަބާ، ހަލުވިކޮށް ފެތުރިފައި ދާތީ

ދެއިރު ފެންދީ ގަހަށް ކާނާ، އަޅައިގެން ހެއްދިޔަަސް ގަސްގަސް
އެއިން ދަނޑަކުން މިއަދު މަންފާ، ކުރާނެ ގޮތެއް ނުއޮންނާތީ

ކަހާ ވަރަކުން ހުވަނި ޖެހިގެން، ދިޔަސް ނޭނގޭ ގައިން ހަންނޮޅި
ޖަހާ ބޭހުން އެއިން ސޮރަކަށް، ކަމެއް އަމުދުން ނުވެސް ވާތީ

މިރާއްޖޭގައި ރަނގަޅު މަތިވަރު، އިހަށް ލިބުނަސް ހުވަނި ނާޅައި
ދިރާސާކޮށް ބަލަން ވެއްޖޭ، އަޅާ މަތިވަރު ފަނާ ވާތީ

މަޖާކޮށްލަން ހިނގާލަންގޮސް، ވަލަށް ވަދެ ކުދިވެރިން އުޅުމަށް
ނަޖާ މިބަލިން ވެގެން ނޫނީ، އެ ފުރުޞަތު ނެތް ކަމަށް ވާތީ

ކުރިން މަދު ގަސްގަހަކު ނޫނީ، ހުވަންޏެއް ނާޅައޭ މިވަރަށް
ކުރިން ފެށިގެން ތަނޑާ ހަމަޔަށް، އެސޮރުމެން ދޫނުކޮށް ކާތީ

ސަލާމަތަކުން ދަނޑެއް އެއްވެސް، ނެތޭ ދަނޑުވެރިޔަކުގެ އަތުގައި
ހަލާކުވެފައި ވަނީ ދަނޑުތައް، ސަމާލު ކަމެއް ނުދެވި ވާތީ

ސަމާސާއެކެ މިއީ، ހީކޮށް، ނުވިސްނައި ތިބި ކަމަށް ވަންޏާ
ޒަމާން، އެންމެންގެ ވެސް ދާނޭ، ވަބާޔަށް ބޭސް ނުހޯ ދާތީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *