އިރުގެ ރަންދޯދިތަކުން ނަލަ ހެނދުނެއް ދައްކައިފިޔެ
ފިރުމަމުން ރޯޅި އައިސް މާތަކުގައި ބޮސްދީފިޔެ
ސޫރަވާ ރީތި މަނާޒިރު ފުރިހަމަ ކޮށްދީފިޔެ
ނޫރަކުން ރީތި މިޢާލަމް އެކުގައި ދިއްލައިފިޔެ
ޝަބްނަމުގެ ތިކިތަކަކުން މާތައް ތާޒާ ކޮށްފިޔެ
ސަބްރުނެތި ބުލްބުލް އައިސް މާތަކުގައި ބޮސްދީފިޔެ
އިއްޒަތާ ޤަދަރު އުފުލި އުޅުމަށް މަގު ފަހިކޮށްފިޔެ
އިއްޒަތުއް ނަފްސުގެ ދާވަނި އެކުގައި ފަތުރައިފިޔެ
ރީތި ހުދު ގޮނޑުދޮށް ތައް އިރުގެ އަލިން ބަބުޅައފިޔެ
ރީތި ޤުމްރީތައް އައިސް ރާގުތަކެއް އިއްވައިފިޔެ
ރީތި މަނޒަރު ކުރަހަން ހުނަރުވެރިން ފައްޓައިފިޔެ
ރީތިކަން ފެނި ހިތްތައް ސޯޚުވެވޭ ވަރުކޮށްފިޔެ