...

Support Us

ކޮލަމް ކޯދު: މީހުން ބުނާ ބުއްދިވެރި ބަސްކޮޅެއް- 1

ތިރީގައި މި ވަނީ އެކި ކަންކަމާ ބެހޭ ގޮތުން މީހުން ބުނާ ބުއްދިވެރި ބަސްކޮޅެކެވެ.

  1. ކަލޭ ލޯބިވާ މީހެއް ދެކެ ރުޅިއައިސްގެން އެއްޗެއް ބުނަން ޖެހިއްޖެ ނަމަ، އެ ބުނާ އެއްޗެއް ބުނަންވާނީ ވަރަށް ވެސް ވިސްނާފައެވެ. ސަބަބަކީ އޭނަ ދެކެ ކަލޭގެ ސިކުނޑި ރުޅިއައިސްފައިވިއެއް ކަމަކު ކަލޭގެ ހިތް އަދިވެސް އޭނަ ދެކެ ލޯބިވެ، ކަލޭ އޭނައާ އަޅާލާ ކަމެވެ.
  2. މީހަކު ކަލެއާ ކޮންމެހެން ބައްދަލުކުރަން އެދޭ ނަމަ، އެކަން ކުރަން މެދުވެރިކުރުވާނެ ސަބަބަކާއި އެކަން ކުރާނެ މަގެއް އޭނަ ހޯދައި، ކަލެއާ ބައްދަލުކުރަން އޭނަ މަސައްކަތް ކުރާނެއެވެ.
  3. ކޮންމެ ދުވަހަކީ ވެސް އާ ފެށުމެއް ފަށަން ލިބޭ ފުރުސަތެކެވެ. އިއްޔެގެ ނާކާމިޔާބުތަކާ މެދު ވިސްނައި ކަންބޮޑުވާން ނުހަދާށެވެ. ހެޔޮ ފިކުރުތަކާއި ހެޔޮ ގޮތްތައް މެދުވެރިވާނޭ ކަމަށް ބަލައިގެން މިއަދުގެ މަސައްކަތް ފަށާށެވެ.
  4. މީހަކަށް ކަލޭ ހިތްކީ ވަރަކަށް، އެ މީހަކަށް ކަލޭ ހެއްވާލަން ފަސޭހަވާނެއެވެ.
  5. މީހަކަށް ކަލޭގެ އަގު ވަޒަން ނުކުރެވޭ ނަމަ، ކަލޭ ގެއްލުން އޭނައަށް ހައްގުވެގެން ވެއެވެ.
  6. އަންހެނުންގެ ތެރެއިން ސަތޭކައަކުން އަށްޑިހަ މީހުން އެމީހުން ބަރުދާސްތުކުރަމުންދާ ވޭނުގެ ވާހަކަ ކިޔައިދެނީ އެއްވެސް އެއްޗެއް ނުބުނެ ހަނު ހުރެއެވެ. އެހެންވީމާ، ކަލޭގެ ގާތް އަންހެނަކު، ކަލޭގެ ވާހަކަތައް އަޑު ނީވޭ ކަމަށް ހަދައި، ކަލެއާ އަޅައި ނުލައިފި ނަމަ، އޭނަ ހިތުގައި ޖެހި، ވޭންތަކެއް ތަހައްމުލު ކުރާކަން ދެނެގަންނާށެވެ.
  7. މީހަކު ދެކެ ހަގީގަތުގައި ކަލޭ ލޯބިވާ ނަމަ، އެ މީހަކު ދެކެ ރުޅިއައިސްގެން މާ ގިނަ އިރަކު ނުހުރެވޭނެއެވެ. ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން އޭނަ ދެކެ ރުޅިއައިސްގެން ވާހަކަ ނުދައްކާ ހުރެވޭ ކަމަށްވާ ނަމަ އެކަން އަންގައިދެނީ އޭނާ ދެކެ ކަލޭ ލޯބިނުވާ ކަމެވެ.
  8. ލޮލުން ފާއްދާލާ ކަރުނަތައް އޮހޮރުނަ ނުދީ ގަދަކަމުން ހިފަހައްޓައި، ހުރިހާ ކަމެއް ވެސް އެންމެ ރަނގަޅު ކަމަށް ދައްކަން އުޅުމަކީ ހިތާއި ސިކުނޑިއަށް ވަރަށް ބާރުބޮޑު ކުރާ ކަމެކެވެ. އެހެންވީމާ، ރޮއި ކަރުނަ އޮހޮރާލުމަކީ ސިއްހަތަށް ފައިދާ ހުރި ހަމަ އެންމެ ރަނގަޅު ކަމެކެވެ.
  9. މީހާގެ އަމަލުން އެކަން ނުފެންނަ ނަމަ، ލޯބިވުމޭ ބުނުމުން ކުރާނޭ ފައިދާއެއް ނޯވެއެވެ. ތެދުވެރިވެ ހުރީމޭ ބުނެ، އެކަން އަމަލީގޮތުން ދައްކާ ނުލެވޭ ނަމަ، އެހެން ބުނުމުގެ ފައިދާއެއް ވެސް ނޯވެއެވެ. ގޯހެއް ހެދިގެން ދެރަވެ، މާފަށް އެދިފައި، އިސްލާހުވެ، އުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވަންޏާ، ދެރަވަ، މާފަށް އެދުމުގެ މާ ބޮޑު ފައިދާއެއް ނޯވެއެވެ.
  10. ނަފްސާނީ އިލުމު ބުނަނީ ނިދުމުން ހިތާއި ހަށިގަނޑަށް ހަމަޖެހުން ލިބޭ ކަމެވެ. އެއީ ނިދާފައޮ އޮންނަ އިރު، ކަލޭ ދެރަވުމާއި ރުޅިއައުމާއި އެކަނިވެރވުމާއި މިކަން ކަމުގެ އިހުސާސެއް ނުވާނެއެވެ. އަދި، ކިއެއް ހެއްޔެވެ؟ އެއްވެސް ކަމެއްގެ އިހުސާސެއް ނުވާނެއެވެ.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.