...

Support Us

ކޮލަމް ކޯދު: މީހުން ބުނެފައިވާ ވާހަކަކޮޅެއް

ތިރީގައި މިވަނީ އެކި ކަންކަމާ ބެހޭ ގޮތުން އެކި މީސްމީހުން ބުނެފައިވާ ވާހަކަކޮޅެކެވެ.

  1. ކަލޭ ދެކެ އަންހެނަކު ރުޅިއައިސްގެން، ނަމަވެސް، އެއްވެސް އެއްޗެކޭ ނުބުނު ހަނު ހުރެއްޖެ ނަމަ، އޭގެ މާނައަކީ ފަހަރެއްގައި ވެސް އޭނަ ބަލިވެ، އޭނައަށް ބުނާނޭ އެއްޗެއް ނޭނގުނީކީ ނޫނެވެ. އޭގެ މާނައަކީ، އެއްކޮޅުން، ކަލޭގެ ދުވަސް ދުއްވާލާނޭ ގޮތަކާ މެދު އޭނާގެ ހިތުގައި ޕުލޭނެއް ރާވަމުންދަނީއެވެ. އަނެއްކޮޅުން، އޭނާގެ ހިތުގައި އަނދަމުންދާ ރުޅިއާއި ނަފުރަތުގެ އަލިފާންގަނޑު ނިއްވާލައި އޭނާ މައިތިރި ކުރެވޭތޯ އިބިލީސް މަސައްކަތްކުރަނީއެވެ!
  2. ދަގަނޑު ވެސް ބޭނުންނުކޮށް، އެއްލާލާފައި އޮތުމުން ދަބަރަށް ވެއެވެ. އިންސާނާގެ ސިކުނޑިއަކީ ވެސް އެކަހަލަ އެއްޗެކެވެ. އޭގެ ބޭނުންނުކޮށް، ނުވިސްނާ ނަމަ، އެ ވެސް ދަބަރަށްވެ، ބޭކާރު އެއްޗަކަށް ވެގެންދެއެވެ.
  3. އޭނާ، އޭނާގެ ލޯބިވެރިޔާ ގާތު ބުންޏެވެ: "ކަލާއަށްޓަކައި އަހަރެންގެ ހިތުގައި އޮތް ލޯބި އުފުލުން، އެތައް ހާސް ހިތަކަށް ވެސް ކުޅަދާނަވެގެން ނުވެއެވެ."
  4. އާދައިގެ ގޮތެއްގައި އުޅެމުންދާ ދިޔުމެއްގެ ތެރެއިން، ދޭތެރެއަކުން، މަދުން ނަމަވެސް، ލޯތްބެއް އުފަންވެ، ޕަރީޒާދުންގެ ވާހަކަ ފަދަ ލޯބީގެ ވާހަކައެއް އަހަރުމެންނަށް ފެނިގެންދެއެވެ.
  5. ލޯބީގެ ހިސާބުކުރުމުގައި އެކަކާއި އެކެއް އެއްކުރީމާ ނަތީޖާއަކަށް ވަނީ ހުރިހާ އެއްޗެކެވެ. ހަމަ އެހެންމެ، ދޭކުން އެކެއް އުނިކުރީމާ ނަތީޖާއަކީ ސުމެކެވެ.
  6. ދުނިޔެއިން ލިބެން އޮންނަ އެންމެ މަތިވެރި އުފަލަކީ އުފާވެރި ކައިވެންޏަކުން ލިބޭ އުފަލެވެ. އެެހެންވެ، ކައިވެންޏެއް ކުރުމުގައި ތިމާގެ ބައިވެރިޔާ ޚިޔާރުކުރަން ޖެހޭނީ ވަރަށް ވެސް ވިސްނާފައި އަމިއްލައަށެވެ!
  7. ހިތުގައި އުފެދިފައި އޮންނަ ލޯބި، ޝާއިރުންނަށް ވިޔަސް، ނޫނީ ފަލްސަފާވެރިންނަށް ވިޔަސް، އެކަކަށް ވެސް، ކިރައި ނުމިނެއެވެ.
  8. ތެދުވެރި ލޯތްބަކުން ހިތަކަށް ލޯބިވެވިއްޖެ ނަމަ، އެ ލޯބި ލިބުނަސް ނުވަތަ ނުލިބުނަސް، ކައިރީގައި އެ ލޯބި ހުރުން މެދުވެރިވިޔަސް ނުވަތަ ނުވިޔަސް، އެ ލޯތްބާ އެކުގައިވާނޭ ގޮތް މެދުވެރިވިޔަސް ނުވަތަ ނުވިޔަސް، އެ ހިތް ދިރިދެމި އޮތްހާ ހިނދަކު އެ ލޯބީގެ މަތިން އެ ހިތަކަށް ހަނދާން ނައްތައެއް ނުލެވެއެވެ.
  9. މީހެއްގެ ފުރަތަމަ ލޯބި ކަމުގައި ވުމީ ވަރަށް ވެސް މަތިވެރިކަމަށް ވެދާނެއެވެ. ނަމަވެސް، އެންމެ ފުރިހަމަވެގެން ވަނީ އޭނާގެ އެންމެ ފަހުގެ ލޯތްބަށްވެ، އެ ގޮތުގައި ދެމިހުރެވުމެވެ.
  10. ކަލޭގެ ލޯބި ކަލޭގެ ހިތުގެ ތެރޭގައި، ރައްކާކޮށްފައި ބާއްވާށެވެ! ލޯބިން މަހުރޫމުވެފައި އޮންނަ ހަޔާތަކީ، މާމެލިން ޒީނަތްތެރިވެފައިވާ، ނަމަވެސް، އެ މާމަލަށް އިރެއްގެ އަލިކަމާއި ދިރުން ނެތް ބަގީޗާއެއްގެ މިސާލެވެ.
  11. ލޯބިވެވެނީ މީހާގެ ބޭރުފުށުގެ ރީތިކަމާއި އޭނާގެ މާއްދީ ހާލަތުގެ މައްޗަށް ބަލައިގެންނެއް ނޫނެވެ. ނަމަވެސް، އޭނާ ކިޔާ ލަވައެއްގެ އަޑު އިވެނީ ހަމަ އެކަނި ކަލެއަށް ކަމަށްވާތީއެވެ.
  12. ލޯބީގެ ނަޒަރަކުން ދުނިޔޭގެ މައްޗަށް ނަޒަރު ހިންގާލައިފި ނަމަ، ދުނިޔޭގެ ރީތިކަން ލޮލަށް ފެންނާނެއެވެ.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.