Support Us

އަދަހާލަހިށިލެއް…

ނަމަނަމާ އަޚުނާއި އުޚުތުން ވެެއްޓިދާނޭ ވަޅުގަނޑަށް
ހަމަ ނަހަމަ އޮޅުވަން އެދައްކާ ދަޅަތަކުން ފުން ވަޅުގަނޑަށް

ވޯޓު ހޯދަން ކޯޓުލައިގެން ތިބެ ފުރާނޭ ރަށްރަށަށް
ކޯޓު ބޭލޭ އިރު ނުވެސް އެނގެޔޭ އަރާ އުސްފަސްގަނޑަށް

ވަޢުދު ފުއްދަން ބުނެ އަޗާކެނޑުމަށް ހިނގާނޭ ގޭގެއަށް
ހައުދަހައި ފޮޱި ތެބެ ކަނޑައިނޭ ގޮސް އަރައި ހިށެ ހަރަގަނޑަށް

އެކި ފަހަރު އެކި ކޮޅުކޮޅަށް ތިޔަހެން ބަދަލުނުވެ ވިސްނަމުން
ދެކިބަލާށޭ ޤައުމު ވެއްޓެންދާ އަނދިރި ފުން ވަޅުގަނޑަށް

ވެރިކަމާ ހެދި ތިޔަތަޅާ ބޮކްސިން މެޗުން ކުރި ހޯދުމަށް
މެރިދެލޯ ޣާފިލު ނުވާށޭ ވެއްޓިދާނޭ ވަޅުގަނޑަށް

އަފަގެ ބައްޕާއި އަފަގެ މަންމާއި އަފަގެ އެންމެން ސޮއިކެޑަސް
އަފަގެ ރަށި މެދެއަސް އޮތީ ބޮނޑޮ ދެކެޑެ ނިފެނޭ ފަޅަގަނޑަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

Leave a Reply to Dhon ރައްދު ކެންސަލް

Your email address will not be published. Required fields are marked *