ގަނޑު ހިއްސުތައް ކުރުވީ މި ހިނދު ކުލައެއް ނުވާ ތަސްވީރެކޭ
ފަނޑުވުން ނުވާ އެތަކެއް ހަނދާނާ އަސަރުތައް ވާ ރަމްޒެކޭ
ފަސްދީ ޒަމާނާ އެކުވަމުން، މާޒީގެ ތެރެއަށް ދިޔަ ފޮޓޯ
އަސްތާ އެނގޭހޭ؟ ބުނެދެނީ، ފުރި ފޮނި ހަޔާތުގެ ބާބެކޭ
އެކުގައި ކުޅުނު ކުޅިވަރުތަކާ ތޮޅުމާ ރުއިން ވެސް އެކުލެވޭ
މެކިގެން ހަޔާތާ ދިޔަ އެއީ، ނުފިލާ ހަނދާނުގެ ދައުރެކޭ
މަދަދާ އެހީތެރިކަމުގެ އަތް ހުޅުވައިލަމުން ލޯތްބާއެކީ
ފުރަމުން ހަޔާތުގެ ބާބުތައް ދިއުމަށް އެއީ މާތް ގުޅުމެކޭ
ދުނިޔޭގެ ކެހިވެރި އަތްތަކުން، ކުރިހާ ހުރަސްތައް ނައްތަމުން
ހިނިތުންވަމުން އެކުގައި އަބަދު ވާނޭ އެއީ ގާތް މިތުރެކޭ
ދިޔަޔަސް އެ މައުޞޫމީ ހަޔާތް، މާޒީގެ ޗޭނާ ގުޅުވަމުން
ކިޔުމަށް އޮތީ ޞަފްހާތަކުން ޚާލިސް މުގައްދަސް ލޯތްބެކޭ