Support Us

އިބިލީސް

އިބިލީހަކީ ބޮޑު ދުސްމިނެއް ދައްކާނެ ހުވަފެންތައް ރަނުން
އެ، ބިލާހަށޭ ވެ ނިމޭ ހުށީ -ދައްކާ ދުނިޔެ ރަން- ހުވަފެނުން

އެކަލޭގެ ނޭދޭނޭ ހެވެއް އެކަކަށް ވިޔަސް ލިބުމަށް ސަފުން
އެކަލޭގެ ދޭ "ފޮނި" ޝަރުބަތެއް ވިއްޔާ ގިރާނީ ފުއްލޮނުން

ބާރެއް އަމިއްލަ ނެތޭ، ވިޔަސް ކިބުރާ ހަސަދައިން ފޯވުމުން
ބާނާން މަމެން އެންތައް އަޅާން ޖަހަތޭ ދެތިން ބުޅި އެއް ދޮނުން

ދީނާ ދުރަށް މީހުން ލުމަށް އެކަލޭގެނެތް ނުކުރާ ކަމެއް
ފީނައި، ކަނޑުން ވެސް ހޯދައޭ އެންތައް މަތިން ނުލިބޭ ފުނުން

ހައްޖާ ނަމާދާ ރޯދަ ފަދަ އަޅުކަން އެކަންޏޭ ދީނަކީ
ވައްދައި ހިތަށް، ގުނަކޮށްލައޭގިނަ މަންމަނުން، ބީރުން، ކަނުން

ރާބޮއި ނަށައި ކުރަމުން މަޖާ "ދުނިޔޭ އުޅޭން" ހިތްވަރު ދެމުން
ހޭބުއްދިއަށް  އޮތް މޮޅު ގޮތީ ކަމުގައި ބުނޭ ރޯނުން ބަނުން

ދޭދޭ ދެ މީހުން ޖައްސަމުން ފިތުނައިގެ ހުޅުގަނޑު ފަޅުވަމުން
ގޭގޭގެ އަގުތައް ނައްތަމުން އެކަލޭގެ ދޭ އެކި ތަންތަނުން

ފާސިދުކުރަން މޮޅު ބުއްދިކޮށް ވަސްވާސްތަކަށް ދޭ، ހެއްލިގެން
ފާސިގުވަމުން ދާތީ މަމެން ރޯވާ ހުޅެއް ނުނިވޭ ފެނުން

އިބިލީސް މަރައިލުން، އޮތް އެކަނި ގޮތަކީ ކަތުންނޭ މިންޖުވާން
އިނބަމެން އުކާ ހިލަ، ރަމްޒެކޭ ޖަމުރާތަކަށް އަދު ޑަރުޖަނުން

ދެއްވާށި! ބަލިކަށި ޝާހިދަށް ގަދަކަން މަރާން އިބިލީސް ހަތުރު
ދެއްވާށި! ދަހަނާ މަތަކުރާން ހަމަލާ އެ ދޭ އެކި ކަންކަނުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *