...

Support Us

ކޮލަމް ކޯދު: ޝުކުރުވެރިވުމާ ބެހޭ ގޮތުން މީހުން ބުނެފައި އޮންނަ ވާހަކަކޮޅެއް

ތިރީގައި މި ވަނީ ޝުކުރުވެރިވުމާ ބެހޭ ގޮތުން މީހުން ބުނެފައި އޮންނަ ވާހަކަކޮޅެކެވެ.

  1. އިންސާނާ ޝުކުރުވެރިވާން ޖެހޭ އެތައް ސަބަބުތަކެއް އޮވެއެވެ. އޭނާ ރަނގަޅު ސިއްހަތެއްގައި ވުމެވެ. އޭނާގެ ހަޔާތުގައި އުފާވެރިކަން އޮތުމެވެ. އޭނާ ދެކެ ލޯބިވެ އޭނާއާ އަޅާލާނޭ މީހުން ތިބުމެވެ.
  2. އިނބަގެ މުޅި ހަޔާތުގައި ވެސް މާތްﷲއަށް އަބަދުމެ ދަންނަވާ މައިގަނޑު ދެންނެވުމަކީ އެކަލާނގެ ނިއުމަތްތަކަށް ޝުކުރެވިވެ، އެކަލާނގެއަށް ހަމްދުކުރުން ކަމަށް ހަދާލާށެވެ!
  3. ބައެއް މީހުންގެ ޝަކުވާއަކީ ފިނިފެންމަލުގައި ކަށި ހުރުމުގެ ޝަކުވާއެވެ. އަނެއްބައި މީހުން އުފާކުރަނީ ކަށީގައި ވެސް ފިނިފެންމާ ހުންނާތީއެވެ. މީގެ ތެރެއިން ދެވަނަ ބައިގެ މީހުންގެ ތެރޭގައި ހިމެނޭތޯ ބަލާށެވެ. އާދެ، ކަށިތަކުގެ ތެރެއިން ވެސް ފިނިފެންމާ ފެންނަ މީހަކަށް ވާށެވެ!
  4. އެންމެ އަވަހަށް އަދާކުރަން ޖެހޭ ވާޖިބަކީ ހެޔޮ ކަމެއް ކޮށްދިން ފަރާތަކަށް 'ޝުކުރިއްޔާއޭ' ބުނެ އަދާކުރަން ޖެހޭ ވާޖިބު އަދާކުރުމެވެ.
  5. އަބަދުވެސް، ޝުކުރުކުރަން ޖެހޭ ކަންކަން ފެނޭތޯ ބަލާށެވެ! އަދި، އަމިއްލަ ނަފްސުގެ ކިބައިގައިވާ ހެޔޮ ކަންކަން ފާހަގަކުރެވޭތޯ މަސައްކަތް ވެސް ކުރާށެވެ! އޭރުން، އެކަންކަން ދެނެގަނެ، އަމިއްލަ ނަފްސުގެ ރަނގަޅުކަން އެނގި، އެކަމަށްޓަކައި ޝުކުރުކުރަން ފަސޭހަވާނެއެވެ.
  6. އިންސާނާއަށް ލިބިފައިވާ އެއްޗަކަށް ޝުކުރުވެރިނުވާ ނަމަ، އޭނާއަށް އިތުރު އެއްޗެއް ލިބުމަކުން ވަކިން ޝުކުރުވެރިއެއް ނުވާނެއެވެ.
  7. ޝުކުރުވެރި ހިތަކީ ހެޔޮ ކަންކަމުގެ ތެރެއިން އެންމެ މަތިވެރި ހެޔޮކަން އެކަންޏެއް ނޫނެވެ. އެއީ އެހެން ހުރިހާ ހެޔޮ ކަމެއް އުފަންކުރާ މައިންބަފައިން ވެސް މެއެވެ.
  8. ތިމާ ކުރިމަތިލާންޖެހޭ ދަތި އުނދަގޫތަކަށްޓަކައި ވެސް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ، ތިމާގެ ވަރުގަދަކަން އަންގައިދެނީ އެއީ ކަމަށްވާތީއެވެ. އަދި، އެފަދަ ދަތި އުނދަގޫ ކޮންމެ ކަމެއް ވެސް ހުރަސް ކުރެވުމުން، ހަޔާތުގެ މަގުގައި ކުރިއަށް ވެސް ދެވޭތީއެވެ.
  9. އިންސާނާ ޝުކުރުވެރިވާން ޖެހެނީ އޭނާގެ ޖީބުގައި އެއްޗެއް އޮވެގެން ނޫނެވެ. ނަމަވެސް އޭނާގެ ހިތުގައި އޮންނަ އެއްޗަކާ މެދުގައެވެ.
  10. ކުޑަ ހެޔޮ ކަމެއް ލިބި، އެންމެ ފަހަރަކު ވެސް ޝުކުރިއްޔާއޭ ބުނުމުން، އެތައް ހެޔޮ ކަމެއް ލިބުމުގެ ދޮރު ހުޅުވިގެން ދެއެވެ. އެހެންވެ، މީހަކު ކިތަންމެ ކުޑަ ހެޔޮ ކަމެއް ކޮށްދިނަސް ޝުކުރިއްޔާއޭ ބުނަން ޖެހެއެވެ. މިކަމަށް އިޝާރަތްކޮށް ކީރިތި ގުރުއާނުގައި ވެއެވެ. لئن شكرتم لأزيدنكم (ކަލޭމެން ޝުކުުރުވެރިވެއްޖެ ނަމަ، ހަމަކަށަވަރުން، ތިމަން ﷲ ކަލޭމެންނަށް އިތުރު ނިއުމަތްތައް ދެއްވާނެތެވެ."